ޚަބަރު

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ޑީއާރުޕީން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (ޑީއާރުޕީ)އިން ނިންމައިފިއެވެ.

Ads by Hajj Corporation

ޑީއާރުޕީއަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެކެވެ. ޕާޓީގެ އެތެރޭގެ ތަޅާފޮޅުން ބޮޑުވެ، ޑީއާރުޕީން މައުމޫންވަނީ ވަކިވެ ވަޑައިގެންފައެވެ. މިހާރު ޑީއާރުޕީ ހިންގަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އެ ޕާޓީން ނިންމައިފައިވާއިރު، އެ ޕާޓީއަކީ ޤާނޫނުގައި އޮންނަ މިންވަރަށް މެންބަރުން ހަމަނުވެގެން އުވައިލާން ނޯޓިސް ދިން ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީން ވަނީ ފަހު ވަގުތު 3،000 މެންބަރުން ހަމަކޮށްފައެވެ.

2023ވަނަ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސް ޞާލިޙް ވަނީ ހާމަކުރައްވައިފައެވެ. މިއާ އެކު އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ބޭފުޅުން އަންނަނީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވާނެކަން ހާމަ ކުރައްވަމުންނެވެ.

Ads by HDC
  1. މިދިިޔަ 50 އަހަރު ތެރޭގައި ސަރުކާރު ހިންގި މީހުން ވަނީ ބޮޑެތި ރިބާލޯނު ނަގާ އެމީހުނަށް ފައިދާ ލިބޭ ގޮތަށް އެލޯން ރައްޔިތުންނަށް ވެސް ދޫކޮށްފައި، ލޯން ނުނެގި މީހުނަށް  ފުލެޓް އަޅާދީ ފުލަޓެއް އެއްޗެއް ދީގެން ވެސް ރިބާލޯން ދަރަނި އެންމެން ބޮލުގައި އަޅުވާފައި މިވަނީ ! ރިބާ ކެއުން ހުއްޓާލާނެ ސަރުކާރެއް ހޯދަން އެބަޖެހޭ !ރިބާ ގެ ލޯނުތަކާއި ނުލާ ރިބާ ނުހިމެނޭ ބަޖެޓަކުން ޤައުމު ހިންގަދޭނެ ރައީސަކު ހޮވަންވީ !

  2. ކާލި

    ހައްތާވެސް ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ! މުޅިންވެސް އެއްބަޔެއް މިމީހުންނަކީ ރައްޔިތުންނަށް ހީވެދާނެ މިއުޅެނީ ދެބަޔެއްހެންވެސް މީހަމަ މުޅިންވެސް އެއްބަޔެއް ދަޑުގައި ކުޅުނަސް ބެންޗުގައި ތިއްބަސް !

  3. ސައްލި

    ތިއުޅެނީ މާލީ ފައިދާއެއް ހޯދަން ވެގެން ދައުލަތުގެ މުދާ ހޯދަން !