ޚަބަރު

ޕީޖީ ޝަމީމް ޓްވިޓަރއާ ދުރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓްވިޓާގައި ހަރަކާތްތެރި ބޭފުޅެއް ކަމުގައިވާ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފިއެވެ.

Ads by Hajj Corporation

ޝަމީމް ޓްވިޓާ ބޭނުންކުރެއްވުން ހުއްޓަވައިލެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.

ނަމަވެސް ޝަމީމްއާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދަނީ، ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނެ ޚަބަރު ފަތުރަމުންނެވެ. ޝަމީމް ވަނީ އެ ތުހުމަތު ދޮގު ކުރައްވައިފައެވެ. އަދި ފުލުހުން ވެސް ވަނީ ޝަމީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ނުދާކަން ހާމަކުރައްވައިފައެވެ.

ޝަމީމަށް ބޮޑު ކުށެއްގެ ތުހުމަތު އަމާޒުކުރަން ފެށީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ފަހުންނެވެ.

ޝަމީމުގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރެއްވި އިރު އޭނާ ފޮލޯކުރަމުން ދިޔަ މީހުންގެ އަދަދު 34،000އަށް އަރައެވެ. އަދި ޝަމީމަކީ ޓްވިޓާގައި އެކިއެކި ކަންކަމާ ގުޅުވައިގެން ޝުއޫރުތައް ފާޅުކުރައްވައި އަދި އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވެސް ގެންދެވި ބޭފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!