ދުނިޔެ

ޗައިނާގައި އެޕާޓްމެންޓްގެ ޑައުންޕޭމަންޓްގެ ގޮތުގައި ގޮވާމާއި ލޮނުމެދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި، ޗައިނާގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން އެޕާޓްމެންޓްގެ ޑައުންޕޭމަންޓުގެ ގޮތުގައި ގޮވާމާއި ލޮނުމެދު ނަގަން ފަށައިފިއެވެ.

Ads by WAMCO

ހެނާންގެ ސެންޓްރަލް ޗައިނާ ރިއަލް އެސްޓޭޓް ނަމަކަށް ކިޔާ ކުންފުންޏަކުން ފަށައިފައިވާ އެ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ފްލެޓަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 160,000 ޔުއާން (23,900 އެމެރިކާ ޑޮލަރު)ގެ ބަދަލުގައި ގޮވާމުން ފައިސާ ދެއްކިދާނެއެވެ. ގޮވާމުގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ޔުއާންއަކަށް ކިލޯއެއްގެ މަގުންނެވެ.

އިޝްތިހާރުގައިވާ ފޯނު ނަންބަރަށް ޖަވާބު ދިން ސެންޓްރަލް ޗައިނާ ރިއަލް އެސްޓޭޓް ސޭލްސް އޭޖެންޓަކު ބުނީ މި ޕްރޮމޯޝަނަކީ އެ ސަރަހައްދުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި. ހޯމަ ދުވަހު ފެށި މި ޕްރޯޝަން ޖުލައި 10ގައި ނިމޭނެ ކަމަށެވެ. އެ ގެތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 600،000އާއި 900،000 އާ ދެމެދުގެ އަގަކަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސެންޓްރަލް ޗައިނާގައި މިފަދަ އިތުރު ޕްރޮމޯޝަނެއް އެހެން ބަޔަކު ވަނީ ހިންގައިފައެވެ. އެ އިޝްތިހާރެއްގައި ބުނެފައި ވަނީ ގެދޮރު ގަންނަ ފަރާތްތަކަށް ލޮނުމެދުން ފައިސާ ދެއްކޭނެ ކަމަށެވެ.

ލޮނުމެދު ޕްރޮމޯޝަނަށް 852 ޒިޔާރަތް ކޮށްފައިވާ އިރު، 30 މީހަކު ލޮނުމެދުން ފައިސާ ދެއްކި ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ޗައިނާގައި އަދިވެސް އަޅައިފައިވާ ކޮވިޑް-19 ހަރުކަށި ފިޔަވަޅުތަކާ އެކު އާއްމުންގެ ދިިރިއުޅުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ގެ ގަތުން ފަދަ ކަންކަން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!