ޚަބަރު

ޔޯގާ ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގީ އިންޑިއާ އައުޓް ކެންޕެއިންނަށް ތަރުހީބެއް ނެތުމުން: އެމްޓީޑީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްޓީޑީ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ؟އެމްޓީޑީ

އިއްޔެ ހެނދުނު ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން އިދިކޮޅު ޕީޕީއެމްއިން ހިތްވަރުދީފައި ވަނީ އިންޑިއާ އައުޓް ކެންޕެއިންނަށް ތަރުހީބެއް ނެތުމުން ކަމަށް މޯލްޑިވްސް ތާޑްވޭ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔޯގާ އިވެންޓަށް ހުރަސް އެޅުން ކުށްވެރިކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބްގެ އެމްޓީޑީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޔޯގާ ދުވަސް ގޮތުގައި 21 ޖޫން ހަމަޖައްސަން 2014ގައި ހުށަހެޅި ގަރާރު ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ކޯ-ސްޕޮންސަރ ކުރެއްވި ކަމަށެވެ. އަދި 2015ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި  އ.ދއާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއްކަން ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި "އިންޑިއާ އައުޓް" ކެންޕެއިނަކީ ރައީސް ޔާމީން އިންޑިއާއާ މެދު ހިންގަވާ ޒާތީ ކެމްޕޭނެއްގެ ގޮތުގައި ފާހަގަކޮށް އިތުރަށް ވިދާޅުވީ، އިންޑިޔާއާ ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނައަޅައިފައިއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް ކަންކަން ގެންގޮސްފައިވާ ކަމަށެވެ. އަދި މިދަރަޖައަށް ކަންކަން ގެންގޮސްފައި ވަނީ އިންޑިއާ އައުޓް ކެންޕެއިނަށް ތާއީދެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.

އެމްޓީޑީގެ ބަޔާނުގައި ވަނީ މިމައްސަލައިގައި ރައީސް ޞާލިޙް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލައަށް އިސް ނަންގަވައި ވަގުތުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވައިފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިފަދަ ކަމެއް ރާއްޖޭގައި ތަކުރާރު ނުވާނެގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވައިލައިފައެވެ.

Ads by Ooredoo
  1. މޯލްޑިވްސް ތިޖޫރީ ޕާޓީ

    tharuheebu netheema 2 force ekkoh, baru hathiyaaraaeku nukununnanee?