ޚަބަރު

މޮސްޓާ، ރައީސް ނަޝީދަށް: ކުއްލި މައްސަލަ ބަލައި ނުގަތީ އާއިލީ ކުޅިވަރަކަށް ވީމަތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާ ގުޅޭ ގޮތުން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި، އެތަނުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަލައިނުގަތުމުން، މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ރައްޔިތުންގެ މަޖިލީހަށް މޮސްޓާއާއި ނައިފަރު ދާއިރާގެ މެންބަރު މުޙައްމަދު ޝިޔާމް ވަނީ ދައުރުވަމުން އަންނަ ވީޑިއޯތަކާ ގުޅިގެން ކުއްލި ދެ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މައްސަލަ ހުށަހަޅަން ފުރުސަތު ނުދީ، ރައީސް ނަޝީދު ވިދާޅުވީ، އެ ފޮޓޯތަކުގެ ސައްޙަކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު. ފުލުސް އޮފީހަށް ހުށަހަޅާ ފޮޓޯ. އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ. އެއީ އަސްލު ކަމަށް ބަލައި އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ފޮޓޯ އުފެދިފައި އޮތް ގޮތާއި އުފެދިފައި އޮތް ހަމަތައް، ދެނެ ނުގަނެ، އެހެން މީހެއްގެ އަބުރާ އިއްޒަތަށް ލިބޭ ގޮތަށް އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި ރާއްޖޭގެ ހަމަތަކާއި އުސޫލުތަކާއި އާދަކާދަ ޖާގަދޭ ކަމެއް ނޫން"

ލީކްވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ކަމަށް ބުނާ މީހެއްގެ ވީޑިއޯ ވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން މިއަދު މޮސްޓާ ވަނީ ކުއްލި މައްސަލަ ބަލައި ނުގަތީ، ލިވާތު ކުރުމަކީ ރައީސް ނަޝީދުގެ އާއިލީ ކުޅިވަރަކަށް ވީމަތޯ ވިދާޅުވެ ސުވާލުކުރައްވައިފައެވެ.

  1. ަޙަސަން

    ބޮޑުމަކުނު. ކޮބާތަކަލޭގެލަދު ފިރިހެންކުޅިން ވީމަ ސާބިތުނުވޭ.
    ދެން ކޮންކަމަކުން ސާބިތުވީމަތަ ދެން އެތިބިމީހުން ކުޑަ ގޮޅީގައެތިބީ . ޚަލޭގެ ހާލަތު ތީ.

    ކަލޭގެ ކޮއްކޮ ވީމަ އަބުރު ކޮބާތަ އިންސާފަކީީ
    އެން މީހުންގެ ދަރިން ވީމަ ކުޑަގޮޅި

    ކަލޭގެ އަމިއްލަ އެދުން ވެރިކަން .

    ކަލޭމެން ހީކުރަނީ ދިވެހިން ތިބީ ލޯއަދިރިވެފަކަމައްް.
    2023 ވަރައް ސާފުު
    ފިރިހެން ކުޅިޔަކައް ޖާގައް ނުދޭނެ

    • ފާތިމަތު

      ޔޫއާ ރައިޓް ބްރަދާ….

  2. ބަބޫ

    ކަލޭމެން ބަޅާށް އޫރަށް އޭނަޔަށް ގޮވިޔަސް އޭނަޔަށް ސަޖިދަޖަހާ މޮޔައިން ރާއްޖޭގައި ގިނަ. މުޅިގައުމު ހަލާކު އަރުވާލަމުން އެދަނީ އަދިވެސް ޖައްބާރުކަމުގަ ކުޑަ އެތިކޮޅެއްވެސް ބލދޫނުކިރޭ

    • މުދިންބެ

      ސިހުރު ހަދާފަ ކާންދިން ބޮނޑިބަތް ކައިގެން އޭނަޔަށް އްޅުކަންކުރާ ބަޔަކު އުފެއްދީ. އެ ސިހުރު ހެދި މީހުންގެ ދުލުން އެވާހަކަތައް މީސް މީހުންގާތުގަ މިހާރު އެބަ ކިޔައިދޭ.

  3. އެދުރުބެ

    އެއްޗެއްކިޔޭވަރ މީހެއްނޫނ މޮސްޓާއަކ މަސްތުވާތަކެތީގ ބޮޑެއް

  4. ރެއްކަބޭ

    މޮސްޓާ ތާރީހު ބައްލަވާ އޭރުން އެނގޭނެ އާއިލީ ކުޅިވަރު ކުޅެފަތިބި މީހުން.

    • ޞހްއ

      ކަލޭމެން އަދިވެސް ތިބޭ އެޖައްބާރު ފަހަތުގައި.. އަދިވެސް ހޭއަރާކަށް ނުވޭ