ޑީއާރުޕީގެ ސްޕޯކްސްޕާސަނަކަށް މޭނާ ހައްސާނު

މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާން ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ)ގެ ސްޕޯކްސްޕާސަނަކަށް ހަމަޖައްސައިފިއެވެ.
މޭނާ ހައްސާން ޑީއާރުޕީގެ ތަރުޖަމާނަކަށް ހަމަޖެއްސީ އޭނާ މިރޭ ޑީއާރުޕީއަށް ސޮއި ކުރެއްވުމުންނެވެ.
މޭނާ ޙައްސާނު ޑީއާރުޕީއަށް ސޮއި ކުރި މަންޒަރު ފެންނަ ވިޑިއޯ ކްލިޕެއް ސޯޝަލްމިޑިއާގައި ވަރަށްބޮޑަށް ފެތުރެމުން އެބަދެއެވެ. މިވިޑިއޯ ކްލިޕާއެކު ޑީއާރުޕީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.
ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޭނާ ހައްސާނު ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރު. ރާއްޖޭގެ ނަންބަރު 1 ލެޖެންޑް،" ޖާބިރުގެ ޓުވީޓުގައިވެ އެވެ.
މޭނާ ޙައްސާނަކީ 90ގެ އަހަރުތަކުގައި ރާއްޖޭގައި ވަރަށްބޮޑަށް ވިދާލި ފަންނާނެކެވެ. އެހެންނަމަވެސް އެތައްފަހަރަކު އޭނާވަނީ ލަވަކިއުން ހުއްޓާކަލައި މިއުޒިކާ ދުރަށް ދިޔަކަން ހާމަކުރުމަށްފަހު އަނެއްކާވެސް ލަވަކިޔަން ފަށާފައެވެ.