ޚަބަރު

އަދީބް ކޮވިޑަށް ފައްސިވެއްޖެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

އެމްޓީޑީން މިއަދު ކުރި ޓްވީޓެއްގައި މިކަން ހާމަ ކުރަމުން ވިދާޅުވީ އަދީބު ބަލިވެގެން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން ޓެސްޓު ކުރިއިރު ކޮވިޑަށް ފައްސިވި ވެފައިވާ ކަމަށެވެ. އަދި އަދީބަކީ ގިނަ ބަލިތަކަކަށް ފަރުވާ ކުރަމުންދާ ކޮވިޑްގެ ހައި ރިސްކް ޕޭޝަންޓެއްކަމަށް އެމްޓީޑީން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު ކޯޓުގެ ހުއްދައާ އެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.

Ads by Ooredoo
  1. މިއީ ދެން ކާކު. އިއްޒަތްތެރި ކުއްވެރިޔެއް.

  2. ޢަބްދުއްލަޠީފު

    އަވަހައް ގެންދަވާށި. އާމީން