Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ބިލު ތަސްދީގު ކޮށްފި ނަމަ އެމްއެމްސީއިން ސުޕްރީމް ކޯޓަށް ދަނީ

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ބިލު ތަސްދީގު ކޮށްފި ނަމަ އެމްއެމްސީއިން ސުޕްރީމް ކޯޓަށް ދަނީ

މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފި ނަމަ، ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފިއެވެ.

އެމްއެމްސީއިން މިގޮތަށް ނިންމައިފައި ވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ކޮމިޝަނުން ނިންމައިފައި ވަނީ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި 136ވަނަ މާއްދާ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.

Advertisement
Allied — Dhen Online (box)

ބިލު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާ ކައުންސިލުން ވަނީ ރައީސަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

މި ސިޓީގައި ބުނެފައި ވަނީ ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާނެ ކަމަށެވެ. އަދި އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވައިލެއްވުމަށް މީޑިއާ ކައުންސިލުން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ބިލު ފާސްކުރުމުން ނޫސްވެރިން ވަނީ މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

މި ބިލުގެ 13 ވަނަ މާއްދާއާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މާއްދާގައި ނޫސްވެރިންގެ މަސްދަރު ވަކި ހާލަތްތަކެއްގައި ޝަރިއަތުން އަންގައިފި ނަމަ ހާމަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދައުވާ ލިބޭ ފަރާތަށް މަސްދަރު ހޯދުމަށް ވެސް އެދެވެއެވެ.

މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެއެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައި ނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބައޮތެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް