Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެކްސިޑެންޓުގައި ޒަހަމްވި 3 މީހަކު ވެންޓިލޭޓަރުގައި، އެކަކު އައިސީޔޫގައި

އެކްސިޑެންޓުގައި ޒަހަމްވި 3 މީހަކު ވެންޓިލޭޓަރުގައި، އެކަކު އައިސީޔޫގައި

ބޮޑުތަކުރުފާނު މަގުން ދުއްވައިފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދާ 4 މީހުންގެ ތެރެއިން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގައިފައި ވަނީ އިއްޔެ އިރުއޮއްސެނިކޮށެވެ. މިހާދިސާގައި ފަރުވާދެމުން ދަނިކޮށް މާގިނަ އިރުތަކެއް ނުވަނީސް އަންހެނަކު ވަނީ ނިޔާވެފައެވެ.މިހާދިސާގައި ނިޔާވީ ގއ.މާމެންދޫ އުމުރުން 22 އަހަރުގެ މަރިޔަމް އަމާނީ ރަޝީދުއެވެ. މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. އެތިން މީހުންގެ ހާލު ވެސް ސީރިއަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. މި އެކްސިޑެންޓުގައި ކޮންޓްރޯލްނުވެގެން އެކްސިޑެންޓްވެފައި ވަނީ ޕްރައިވެޓް ކާރެކެވެ. އެ ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާ އިރު، ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފުލުހުން ވިދާޅުވީ މިހައިތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގައިފައި ވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވައިފައި ދިޔަ ކާރެއް އެމަގުން ދުއްވައިފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް