Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަމާނީ މާލެ އައީ ޑޮކްޓަރަށް ދައްކަން، ފިނިބުރު ވީ ފަހު ދަތުރަށް

އަމާނީ މާލެ އައީ ޑޮކްޓަރަށް ދައްކަން، ފިނިބުރު ވީ ފަހު ދަތުރަށް

ބޮޑުތަކުރުފާނު މަގުން ދުއްވައިފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އިއްޔެ ނިޔާވެފައި ވަނީ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދެވެ.

އޭނާ މާލެ އައީ މީގެ ދެތިން ދުވަސް ކުރަން ޑޮކްޓަރަށް ދެއްކުމަށެވެ. ބ. ތުޅާދޫގައި އޭނާގެ އާއިލާ ބައެއް ކައިރީގައި ދިރިއުޅެމުން އައި އަމާނީ އަނބުރާ އެ ރަށަށް ދިއުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. އެހެން ނަމަވެސް ތަޤްދީރު ކަން ދިމާކުރި ގޮތުން، އަމާނީ ޖެހުނީ މި ދުނިޔެއަށް އަލްވަދާއު ކިޔާށެވެ.

ރޭ އިރުއޮއްސި 6:09 ހައިއިރު ހިނގި އެ އެކްސިޑެންޓުގައި އަމާނީއާ އެކު ފިނިބުރަށް ނިކުތް އެކުވެރިން ވެސް މިވަގުތު ދަނީ އައިސީޔޫގައްޔާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

Advertisement
Allied Insurance — Square (box)

https://dhen.mv/156948

އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަމާނީ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!

އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މިހާދިސާ ހިނގާފައިވާ ގޮތުގެ ތަހުގީގް ފުލުހުން ކުރަމުންދާއިރު، އެކްސިޑެންޓް ހިނގި ވަގުތުގެ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލް ނުވެގެން ބާރު ސްޕީޑުގައި އެނބުރެމުން، އެނބުރެމުން އައި ރަތް ކުލައިގެ ކާރު މުޑިއެރީ ބޮޑުތަކުރުފާނު މަގުން އެވަގުތު ދުއްވައިފައި ދިޔަ ބަހަކަށެވެ. އަދި ބަހުގައި ކާރު ޖެހުނު ގޮތަށް ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް