ޚަބަރު

އީދު ބަންދުގައި ވެކްސިން ސެންޓަރުުތައް ބަންދުވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް މާލޭގައި ކިއު ހަދައިގެން.. ދެން އިމޭޖްސް

ޢީދު ބަންދުގައި މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

Ads by STELCO

މިހާރު ކޮވިޑް-19 ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެނީ މާލޭގެ 3 ސެންޓަރެއްގައެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލް، ދަމަނަވެށި އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ ކުރިއަށް އޮތީ ޢީދު ހަފްތާ ބަންދަންވުމާއި، ސަރުކާރު ބަންދު ދުވަސްތަކަކަށް ވާތީ، މިމަހުގެ 10ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް ސެންޓަރުތައް ބަންދުވާނެކަމަށެވެ.

ދެން ވެކްސިން ދޭން ފަށާނީ މިމަހުގެ 17ވާ އާދިއްތަ ދުވަހުއެވެ.

ރާއްޖޭގައި 12 އަހަރުން މައްޗަށް އަންނަނީ ވެކްސިން ދެމުންނެވެ. މިހައިތަނަށް ރާއްޖޭގެ އާބާދީގައި ވެކްސިން ޖެހޭ އުމުރުގެ މީހުންގެ %85 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައިފައެވެ. އެއީ 384000 (ތިން ލައްކަ އައްޑިހަ ހަތަރު ހާސް) މީހުންނަށް ވުރެ ބޮޑު އާބާދީއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!