Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ކުލަ ޖެހުމުގެ ކުރިން އެމްޑީޕީގެ ހުވަފެންތައް ފެނަށް ވެއްޖެ: ރައީސް ޔާމީން

ކުލަ ޖެހުމުގެ ކުރިން އެމްޑީޕީގެ ހުވަފެންތައް ފެނަށް ވެއްޖެ: ރައީސް ޔާމީން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށް ވެފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، ރައީސް ޔާމީން ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީން ފެންނަ މަންޒަރުތައް ބަލަންޖެހޭ ކަމަށާއި ރާއްޖޭގައި ވެސް އެފަދަ ހާލަތެއް ކުރިމަތިވުމުގެ މަގުމަތީގައިވާ ކަމަށެވެ. އަދި، މި ދަނޑިވަޅުގައި ބޯހަރުކަން އިސްކޮށްގެން ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނެ ކަމަށާއި  އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށް ވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޝްރީލަންކާގެ މަސްލަހަތު ގޯސްވެފައި މިވަނީ، އެ ޤައުމަށް މިހާރު ކުރިމަތިވެފައި މިވާ އިޤްތިސާދީ ކާރިސާއާ ގުޅިގެންނެވެ. އެގޮތުން ލަންކާގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކުރުމާ ގުޅިގެން އެ ޤައުމުގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފައެވެ.

ނަމަވެސް ސަލާމަތީ ބާރުތަކުގެ އެންގުމަށް ބެލުމެއް ނެތި ރައްޔިތުން ވަނީ މަގުތައް މައްޗަށް ނިކުމެ، ޝްރީލަންކާގެ ބޮޑު ވަޒީރާއި ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައި، ދެ ބޭފުޅުން އިސްތިއުފާ ނުދެއްވަނީސް މުޒާހަރާތައް ހުއްޓައި ނުލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

މިކަމާ ގުޅިގެން ދެ ބޭފުޅުން ވެސް މިހާރު ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް