ދެކުނުގެ ބައެއް އަތޮޅުތަކަށް އުދައަރާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރުނީ މިއަދު 12:45 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ.
އެ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ވެސް ލަފާކޮށްފައެވެ.
ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު ދާދިފަހުން މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ އެތައް ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.