ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި މުޒާހަރާ ފަށައިފި
މިދިޔަމަހު މާލޭ ގަލޮޅު ދަނޑުގައި ޔޯގާ ހެދުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް, އެ ހަރަކާތަށް ހުރަސް އަޅައިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ުމުޒާހަރާކުރަން ފަށާފައިވަނީ މިރޭ 20:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.
އެ ސަރަހައްދުގައި ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެ ގޮތުން ޔޯގާ ހެދުމުގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދާއި, ރައްޔިތުން މަޖިލީހުގެ ހޯޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް މިނިވަން ކުރުމަށް ބައިވެރިން އަންނަނީ ގޮވައިލަމުންނެވެ. އަދި އިންޑިއާގެ އަތްދަށުން މި ޤައުމު މިނިވަން ކުރުމަށް ވެސް ބައިވެރިން އަންނަނީ ގޮވައިލަމުންނެވެ.
ބައިވެރިން މުޒާހަރާ ކުރަމުން އަންނައިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކުރިންބުނި އެތި ކެންސަލް! ޕީޕީއެމް އާއި ޔޯގާ ހުއްޓުވަން އުޅުން މީހުންނާ ގުޅުން ނެއްކަން ފެންނަމުން ތިދަނި!