ދުނިޔެ

ސައުދީގެ ވައިގެ ސަރަހައްދު އިސްރާއީލަށް ހުޅުވާލުމުން ގިނަ ބައެއްގެ ނުރުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރުމުގެ ހުއްދަ ފަސިންޖަރުން އުފުލާ ހުރިހާ އެއަރލައިންތަކަށް ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.

Ads by Sosun Fihaara

މިއީ، ތިން ބައްރުގެ މެދުގައި ކުރާ ވައިގެ ދަތުރުތައް ގުޅުވައިދޭ މައި ބަނދަރަކަށް އެ ޤައުމު ހެދުމާއި، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ އިތުރަށް ފުޅާ ކުރުމަށް ނިންމި ނިންމުމެއް ކަމުގައި އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން، އިސްރާޢީލުގެ ޗާޓަރު މަތިންދާބޯޓުތަކަށް ސަޢޫދީ ޢަރަބިއްޔާގައި ޖެއްސުމުގެ ހުއްދަ ދިނުމަށް ވެސް އެ ޤައުމުން މި ވަނީ ނިންމާފައެވެ. މިއީ، ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ދަތުރުކުރާ މުސްލިމުންނަށް އިސްރާޢީލު މަގުން އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އިސްރާޢީލަކީ ކުޑަ މުސްލިމް އާބާދީއެއް އޮންނަ ޤައުމެކެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ހުރަސްކޮށް އޭޝިޔާ ބައްރުގެ ޤައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ވެސް އެ ޤައުމުން އިސްރާޢީލަށް ދޭނެއެވެ.

ޔޫ.އޭ.އީއާއި ބަޙުރެއިނާއެކު އިސްރާޢީލުން ގުޅުން ބަދަހިކޮށް އެކުލަވައިލި އަބްރަހަމް އެކޯޑްސްގެ ދަށުން ސަޢޫދީ ޢަރަބިއްޔާއިން މިހާރު ވެސް ދަނީ ޚާއްޞަ އެއަރ ކޮރިޑޯއެއް ކަނޑައަޅައި، އިސްރާޢީލުގެ މަތިންދާބޯޓުތަކަށް އެ ދެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ދެމުންނެވެ. ނަމަވެސް، މިހާރު އިސްރާޢީލުގެ މަތިންދާބޯޓުތަކަށް އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ޗައިނާއާއި އިންޑިޔާއަށް ވެސް ދަތުރު ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

Ads by Ooredoo
  1. ޖުލާ

    އުންމަތަށ ހިޔާނާތްތެރިވި ގައްދާރުން

  2. ސައުދު

    ސައޫދީ އެދަނީ މަޑުމަޑުން އިސްލާމްދީނާ އިދިކޮޅު ބޮޑު ހަތިޔާރު ކަމަށްވާ “ޑިމޮކްރަސީ” އަށް ހުޅުވެމުން. ކޮންމެސް ޒަމާނެއްގަ ސައޫދީ މުޅިން ޚަރާބުވެ ޑިމޮކްރަސީގެ ރޫހު ފެނިގެން ދާނެ ކަމަށް މަންޒަރު މިފެންނަނީ… ހަގީގަތަކީ ޑިމޮކްރަސީ އަކީ ހަނގުރާމަކޮށްގެން މުސްލިމުންގެ މައްޗަށް ކާފަރުންނަށް ކުރި ނޭރީމާ، ވިސްނުމާ ކުޅެގަނެ މުސްލިމުން ބަލިކޮށްލުމަށް ކާފަރުން ބޭނުންކުރާ ނިޒާމެއް. މުސްލިމުންގެ އެންމެ ބޮޑު އަދުއްވުންނަކީ އަބަދުވެސް ޔަހޫދީން. މިހާރު ސައޫދީ އެހުޅުވާލީ ޔަހޫދީންނަށް ވައިގެ ސަރަހައްދު. އަންހެނުންނަށް ސައޫދީގައި އެދަނީ މަޑުމަޑުން ބާރުތަކެއް ދެމުން. މަޑުމަޑުން މިގޮތަށް ކަންތައްތައް ބަދަލުވަމުންގޮސް ސައޫދީ އަރަބިއްޔާ މުޅިން ހަލާކުވެދާނެތީ ބިރުގަނޭ. މުސްލިމުން ހައްތާހާ ބަލިކަށިވެގެން މިދަނީ