ޚަބަރު ސަރުކާރު ޝަރުޢީ ދާއިރާ

ހައިކޯޓުގެ ދެ ގޮފި އުވައިލުން ކުށްވެރިކުރަން: ރުކުމާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ޢަބްދުލްކަރީމް

ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވައިލުމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފައެވެ.

މި ޤާނޫނަށް ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހދ.ކުޅުދުށްފުށީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮތްޕާއި އައްޑޫގައި ހުންނަ ދެކުނު ގޮފި އުވައިލުން ހިމެނެއެވެ.

އިސްލާހުގައިވާ ގޮތުން އެ ޤާނޫނަށް އަމަލުކުރާނީ ޤާނޫނު ފާސްވެ, ތަސްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުންނެވެ. އެހެންކަމުން މިއަދުން ފަށައިގެން ހައިކޯޓުގެ ދެ ގޮފި އުވިގެންދިޔައީއެވެ.

އެ ގޮތުން ރުކުމާ މިއަދު ވިދާޅުވީ ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުން ކުށްވެރި ކުރައްވާ ކަމަށެވެ.

ރުކުމާ ވިދާޅުވީ ލާމަރުކަޒު ވާންޖެހޭނީ ހަމައެކަނި އިދާރީ ހިންގުމެއް ނޫން ކަމަށެވެ. އަދި އިންސާފު ގާއިމު ކުރުން ވެސް ލާމަރުކަޒު ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!