ދިށްފުށީގައި ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ކ.ދިށްފުށީގައި ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސްދީފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ދިށްފުށްޓަށް ޢީދު ޗުއްޓީއަށް ގޮސް އުޅުނު ވިލިނގިލީގެ ޢުމުރުން 35 އަހަރުގެ ފިރިހެނަކަށް ބަޔަކު ނިކުމެ އަނިޔާކުރަމުން ދަނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހަކާ މާރާމާރީ ހިންގައި އަނިޔާކުރިކަމުގެ ތުހުމަތުގައެވެ.
ދިށްފުށްޓަށް ޢީދު ޗުއްޓީއަށް ގޮސް އުޅުނު ވިލިނގިލީގެ ފިރިހެނަކަށް ހަމަލާދިނީ ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އެ މައްސަލައިގައި އަދި އޭނާ ހައްޔަރެއް ނުކުރެއެވެ.