ޚަބަރު އިޖުތިމާޢީ

މަޖީދިއްޔާ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް 1.8 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޖީދިއްޔާ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަޖީދިއްޔާ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by STELCO

މަޖީދިއްޔާ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެއީ 40 ދުވަސް ތެރޭގައި ނިންމާގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަނުން މި މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 1,824,175.75 ރުފިޔާއަށެވެ.

މަޖީދިއްޔާ ސްކޫލަކީ މާލޭގައި ބިނާކުރެވުނު އެންމެ ފުރަތަމަ ސްކޫލެވެ. އެއީ 1927 ވަނަ އަހަރު އޭޕްރީލް 19 ގައެވެ. ނަމަވެސް އޭރު އެ ސްކޫލުގެ ނަމަކީ މަދަރުސަތުއް ސަނިއްޔާއެވެ. އެއަށްފަހު މަދަރުސަތުއް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947 ގައެވެ.

މިހާރުގެ ގޮތަށް މަޖީދިއްޔާ ސްކޫލަށް ނަން ބަދަލުކުރީ 1960 ގައެވެ. މިދިޔަ އޭޕްރީލް މަހު މަޖީދިއްޔާ ސްކޫލަށް ވަނީ 95 އަހަރު ފުރިފައެވެ.

Ads by Ooredoo
  1. އަބްދޫ

    ވަށާފާރު ރާނީ 1960 އަކު ނޫން. ވަށާ ފާރު ކިތަންމެފަހަރަކު ބަދަލު ކޮށްފި މިހާރުވެސް ރީތި ކޮށް ހުރި ވަށާފާރު ރާނަން މިހާރު ކުރަންޖެހުނީ ބަޔަކަށް ފައިސާ ދޭންޖެހިގެންބާ؟ ތިޔަ ނަމަކީ ދުވަހަކުވެސް އަޑުއެހި ނަމެއް.ނޫން.ކަރުދާހު ކުންފުންޏެއް ތޯ؟