ވިޔަފާރި

މިއަހަރު މިހާތަނަށް 9 ލައްކަ ފަތުރުވެރިން، އެންމެ ގިނައީ އިންޑިއާ ފަތުރުވެރިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 900،000 އިން މައްޗަށް ހިނގައްޖެއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 900،808 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާ އިންނެވެ. މި އަހަރުގެ ކުރީކޮޅު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އިނގިރޭސިވިލާތް އޮތީ ދެވަނައިގައެވެ. މިއަހަރު މިހާތަނަށް އިންޑިއާއިން 132,151 ފަތުރުވެރިން ރާއްޖެއަށް އައެވެ.

މިދިޔަ ޖޫން މަހު އެކަނި ރާއްޖެއަށް 110،889 ޓޫރިސްޓުން ޒިޔާރަތް ކުރިއެވެ. އަދި މި މަހުގެ 1-20އަށް މިހާތަނަށް 87،597 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ. މިހާތަނަށް އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 4،483 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

Ads by PNC
  1. ކަންނަންނޫރު ރާޖާގެ ވެރިކަން ނުންތޯ ވީމާ ރަށުމީހުން އަންނާނެތާ ؟