ނިހާދު, ސިރާޖަށް: ބަރުލަމާނީ ވަޒީރުކަމުގެ ދަހިވެތިކަމުގައި ސަރުކާރުގެ ހުރިހާކަމެއް ގޯސްކަމެއްގެ ގޮތުގައި ފެނިދާނެ
ބަރުލަމާނީ ވަޒީރުކަމުގެ ދަހިވެތިކަމުގައި ސަރުކާރުން ކުރާ ހުރިހާ ކަމެއް ގޯސްކަމެއްގެ ގޮތުގައި ފެނުމަކީ ވެދާނެކަމެއްކަމަށް ވިދާޅުވެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު, ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ވަރުގަދަ ރައްދެއް ދެއްވައިިފިއެވެ.
ނިހާދު ރައްދުދެއްވީ އޭނާ ކުރެއްވި ޓުވީޓަކާއި ގުޅިގެން ސިރާޖު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ނިހާދު ވިދާޅުވީ މާލޭގައި ވަރަށް ނިކަމެތިން އެބައުޅޭ ކަމަށާއި, އެ ހާލަތު އެނގޭ މީހަކު ''ފަޅޮލޭ ފާގައޭ'' ނުކިޔާނެ ކަމަށެވެ.
އެ ގޮތުން ސިރާޖު ވިދާޅުވީ މި ކިޔަނީ ''ފަޅޮލޭ ފާގައެކޭ'' ނޫން ކަމަށާއި, މި ކިޔަނީ މާލޭގެ އެންމެ ނިކަމެތިންނަށް ރައީސް ޔާމިންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފުލެޓުން ފުލެޓު ދިނީ ފައިސާ ދައްކާގޮތަށް ކަމަށެވެ. އަދި މި ނިކަމެތިންނަށްވުރެ ހާލަތު ރަނގަޅު ބަޔަކަށް ހިލޭ ބިން ދިނުމަކީ އިންސާފެއް ނޫންކަމަށް ކަމަށެވެ.
''ފުލެޓުގެ ޖާގައިގެ ދަތިކަން އުޅޭނަމަ 2000 އަކަފޫޓުގެ ފުލެޓުއަޅަންވީ ނޫންހޭ.'' ސިރާޖު ވިދާޅުވިއެވެ.
ސިރާޖަށް ރައްދު ދެއްވަމުން ނިހާދު މިއަދު ވިދާޅުވީ ބަރުލަމާނީ ވަޒީރުކަމުގެ ދަހިވެތިކަމުގައި ސަރުކާރުން ކުރާ ހުރިހާ ކަމެއް ގޯސްކަމެއްގެ ގޮތުގައި ފެނުމަކީ ވެދާނެކަމެއް ކަމަށެވެ. އެހެން ނަމަވެސް ޤާނޫނުއަސާސީ ''އޮޅާލައިގެން'' ބަރުލަމާނީ ގެނައުން ރަނގަޅު ނޫންކަމަށް ނިހާދު ވިދާޅުވިއެވެ.
ރައްޔިތުންގެ ވޯޓަކަށް ދާންވާނީ. ރުޅިގަދަނުވޭ.'' ސިރާޖަށް ދެއްވި ރައްދުގައި ނިހާދު ވިދާޅުވިއެވެ.
ސިރާޖަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ނިހާދަކީ ރައީސް ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދެވެ. އެ ގޮތުން ރައީސް ނަޝީދު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ރައީސް ޞާލިޙާ ވެސް މަޝްވަރާ ކުރައްވައިފައެވެ. ނަމަވެސް ރައީސް ޞާލިޙް ވިދާޅުވީ އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ސިރާޖުބުނި ވާހަކަ ރަނގަޅު އެއްބަޔަކަށް ހިލޭ އަނެއް ބަޔަކަށް ކުއްޔަށް އިންސާފެއްނެތް ހަމަހަމަކުރޭ ނޭގޭމީހަކަށް ނޭގޭނެ ކިތައްމެ ވަރަކަށް ބުންޏަސް މިފެންނަނީ ތަފާތު