Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރާއްޖޭގައި އެންމެ ގިނަ ސިޔާސީ ލީޑަރުން އުފެއްދީ ޕީޕީއެމްއިން: އާދަމް ޝަރީފް

ރާއްޖޭގައި އެންމެ ގިނަ ސިޔާސީ ލީޑަރުން އުފެއްދީ ޕީޕީއެމްއިން: އާދަމް ޝަރީފް

ރާއްޖޭގައި އެންމެ ގިނަ ސިޔާސީ ލީޑަރުން އުފެއްދީ ޕީޕީއެމްއިން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ސިޔާސީ ލީޑަރުން އުފައްދައި, މިނިވަންކަމާއެކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އެ ލީޑަރުންނަށް ފުރުސަތު ފަހިކޮށްދިނީ ޕީޕީއެމްއިން ކަމަށެވެ.

އޭގެ އިތުރުން ޒުވާނުންނަށް ހިންގުމުގެ ދާއިރާގެ ހުނަރުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު އެންމެ ބޮޑަށް ހޯދައިދިނީ ވެސް ޕީޕީއެމްއިން ކަމަށެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ދާދިފަހުން ސަންގު ޓީވީން ގެނެސްދިން ''ޚަބަރަށްފަހު'' ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަޙްމަދު ސަޢުދު ވިދާޅުވީ ރާއްޖޭގައި މިއަދު ތިިބި ސިޔާސީ ޕާޓީތަކުގެ ވެރިން ތަމްރީނުވެގެން ނުކުތް ދޮރަކީ ޖުމްހޫރީ ޕާޓީކަމަށެވެ. ސަޢުދު ވިދާޅުވީ މިއަދުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ބެލިޔަސް އެ ބޭފުޅުން ތަމްރީނުކޮށްދެއްވީ ވެސް ޤާސިމް ކަމަށާއި, ޕާޓީތަކުގެ ލީޑާޝިޕްގައްޔާއި, ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބެވީ ވެސް ޤާސިމްގެ ޚިދުމަތުގެ ދަށުން ކިޔެވި ބޭފުޅުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް