Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުމަށް އަތުގުޅައިލަންޖެހޭ: ސަޢީދު

ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުމަށް އަތުގުޅައިލަންޖެހޭ: ސަޢީދު

ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުމަށް އަތުގުޅައިލަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު އެހެން ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކައިލަން އެ ކުންފުނީގެ ހިއްސާ އޮންނަ ކާލައިލް ގުރޫޕުން ވިސްނަމުންދާކަމަށް ''ބްލޫމްބާގް'' ނޫހުން ރިޕޯޓުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ދޫކޮށް ދިއުމާއި, ވިއްކުން އާންމުވެގެން މި ދިޔައީ ފަންނީ އެތައް ބަޔަކުދޭ ލަފާ, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެނގިވަޑައިނުގަތުމުން ކަމަށާއި, އެ ލަފާތަކުގެ އަޑު ނޭއްސެވުމުން ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން ވިޔަފާރީގެ އިތުބާރެއް ރައީސް ޞާލިހަކަށް ނެތްކަމަށް ސަޢީދު ވިދާޅުވިއެވެ.

އިގުތިސާދީ ގޮތުން މިހާރު ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ލަންކާގެ ހާލަތަށް ޢިޝާރަތް ކުރައްވައި ސަޢީދު އިތުރަށް ވިދާޅުވީ ދެވަނަ ލަންކާއަށް ރާއްޖެވުން ހުއްޓުވުމަށް އެންމެން އަތުގުޅައިލަންޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް