ޚަބަރު އިޖުތިމާޢީ

އަލަމްގިރި ގާތަށް ދިޔަ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދަންޖެހޭ: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ގާތަށް ދިޔަ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދަންޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

''މަންކީ ޕޮކްސް'' ނަމަކަށް ކިޔާ ބައްޔާ ގުޅިގެން ޑަބްލިޔުއެޗްއޯއިން މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާނުކުރި ޚަބަރާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ޑަބްލިޔުއެޗްއޯގެ މި ކަންބޮޑުވުމާއެކީ މިހާރުން މިހާރަށް ދެކަމެއް ކުރަންޖެހޭ ކަމަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކްޓިވޭޓުވެ, އަލަމްގިރިއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ޓުރޭސިން ހަދަންޖެހޭ ކަމަށެވެ. އަދި ދެވަނަ ކަމަކީ ފުލުހުން އެ އެންމެން ހިފައި ހައްޔަރުކޮށް ތަޙުޤީގު ހިންގާ ޙައްޤު އަދަބުދިނުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާތަނަށް ދުނޔޭގެ 75 ޤައުމަކުން މަންކީ ޕޮކްސްގެ 17000 އަށްވުރެ ގިނަ ކޭސްވަނީ ފެނިފައިވާކަމަށް ރިޕޯޓުތައް ބުނާއިރު, މަންކީ ޕޮކްސް އެންމެ ބޮޑަށް ޖެހެނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ފަރާތުންނެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި މަންކީ ޕޮކްސް ޖެހިފައިވާ %98 މީހުންނަކީ އެ ގުރޫޕަށް ނިސްބަތްވާ މީހުންނެވެ.

ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ދިވެހިންގެ ޢަދަދު 250 އަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވަތަ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިހާތަނަށް ކުރި ކަމަކީ އަލަމްގިރި ހައްޔަރު ކުރުމެވެ. އެކަމަކު އަލަމްގިރިއާއެކު ފާހިޝް ޢަމަލު ހިންގި ހައިޕްރޮފައިލް ބޭފުޅުންނަށް އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

 

Ads by Ooredoo
  1. ބޭބެ

    ކޮށްކޯ ނުތެޅި ބަލަ ކަލޭމެން ވާވައްދައިގެން ތިއުޅޭ ކަލޭގެއަަށް ވުރެ ވަކިންގިނައިން ގިރިފަރު ކުޅިކުޅޭ މީހަކުމިރާއްޖޭގަ ނެއް!
    އެކަލޭގެ ވާހަކަ ނުވަތަކންތަށް ފަޅާ އަރާ އިރަށް ބުނާނެ އެމަނިކުފާނު ނުކުރާނޭ! އެއީ މަލާއިކަތެއްހާ ސާފު ބޭފުޅެކޭ!
    އެކަމުގެ ހެކިދޯ؟ އެބޭފުޅާ ކޮންނެވެސް ވެއްސަކަށްނަހަލާލު ފައިސާ ވަތްކަމަށް އެއްބަސް ވީމަވެސް އެއީ މަވްސޫމް ބޭފުޅެއްކަމަށް ތިދަޢުވާކުރަނީ!
    ބަލަގަ ނުބައިކަން ކުރުމުގަ ހައްދުފަހަނަ އަޅާފަ ވާ ބައެކޭ މަވްމޫނުއަތުން ޕީޕީއެއް ފޭރިގަނެ ދޮގުހެކިދީގެން އަތުލިބައިގަނޑަކީ ! އޭގެހެއްކެއްދޯ އިހައްދުވަހު ސަންގުޓީވީ އާ ޔަހޫދީން ގެކޮޕީކޮށްގެން ހެދި ޗެނަލް ތޭރައިން ފެތުރިޚަބަރު އިލެކއޝަނުން ގަ ޝަކުވާކޮށް ހީވީ ގައިގަ ހުޅުރޯވެގެން އުޅޭ ހެންދޯ ؟ ތިމަންމެން ޕާޓީމެމްބަރުން ވަގަށްނަގައި ފިޔޭ ގޮވާ ހެދިއިރު ހީވިސަހަރޯއޭ؟
    އާޚިރުގަ ބެލިއިރު އެއްމެ ގިނައިން މީހުންވަގަށް ނެގިޕާޓީއަކަށްވީ ފޭރުނު ޕީޕީ އެމް! ހުރިހާޕާޓީއަށް ވުރެ 3ގުނަ ގިނަ އެޕާޓިން ވަގަށް ނެގިލެއް!
    ދެންބުނީއެއީ ދޮގެކޭ ކިޔާފަ ކަން އޮށް ބާލަން ވެގެން ސޭޚްބޮލަށް ޗިޕްޖަހައިގެން އެފަކީރުން ޖަލަށް ގަޅާލާފަ ތިތެެނީ!
    ކަލޯ އަހަރެމެންވެސް މިތިބީހިއްސުތަށް ﷲ ރަހުމުން ރަގަޅަށޭ.
    ދެންވެސް އަނގަ ނުގަޅަބަލަ!

  2. ހަސަން

    މިއަގަ ފުޅާކުރަނީ ފާތުމަޔަށް ޗޮކްލެ ބަންދު ކޮށްދޭން އުޅުނު މެމްބަރެށް ކީކޭ ޝިޔާމް ބޭ