ރައްޔިތުންގެ މަންފާއަށް ނޫނީ ރައީސް ޞާލިޙް އެއްވެސް ނިންމުމެއް ނުނިންމާނެ: ރާއީ

ރައްޔިތުންގެ ލާބަޔާާއި މަންފާއަށް ނޫނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެއްވެސް ނިންމުމެއް ނުނިންމާނެކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބަދުވެސް އެ ޤައުމެއްގެ ކުރިމަގަށް އެންމެ މޮޅުގޮތް ނިންމާނީ އެ ޤައުމެއްގެ ރައްޔިތުން ކަމަށެވެ. އަދި އޭނާއަށް ޔަޤީންކަން އޮތް ކަމަކީ މިއަދުގެ ސަރުކާރުން އަދި ރައީސް ޞާލިޙް, މި ޤައުމާާއި ރައްޔިތުންގެ ލާބަޔާާއި މަންފާއަށް ނޫނީ ނިންމާ އެއްވެސް ނިންމުމެއް ނުނިންމާނެކަން ކަމަށެވެ.
މީގެ އިތުރުން ރައީސް ޞާލިޙާއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވައި ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރާއީ ވިދާޅުވީ ސަރުކާރަކަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި, އެ ފައިސާ ވަތްގަނޑަށްލާފައި ހަމަ އެ ފައިސާ އެ ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި, ޤައުމު ތަރައްޤީ ކުރުމުގައި ހޭދަކުރުމަކަށް ރައްޔިތުން ފަސްޖެހެންވީ ސަބަބެއްނެތް ކަމަށެވެ. އަދި އެކަމުގައި ޤައުމުދެކެ ލޯބިވާ, ޤައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ވެސް އަދި ޤައުމުގައި އޮތް އެއްވެސް ސިޔާސީ ޕާޓީއެއް ވެސް އަދި ސިޔާސީ ލީޑަރެއް ވެސް ހިތްޕުޅާނުވެ އިދިކޮޅު ހެއްދެވުމަކީ ބުއްދިވެރި ކަމެއްނޫން ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.






ކޮމެންޓް