ޚަބަރު އިޖުތިމާޢީ

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރެވޭނެ: މައުސޫމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމް. ފޮޓޯ: ސަން

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރަށް ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަމާޒެއް ކަމަށާއި އެ އަމާޒަށް އަދި ވާސިލުވެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލުކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ފަތުރުވެރިކަން ކިޔަވަން ރާއްޖެ އަންނަންވީ ޒަމާން ކަމަށެވެ. އަދި ހަމައެހެންމެ މި ދާއިރާގައި ރާއްޖެއާ ވާދަކުރެވޭވަރުގެ ފެސިލިޓީ އެހެނިހެން ޤައުމުތަކުގައި ނެތްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މެހެމާންދާރީ އަދާކުރާ ގޮތަކީ ފާހަގަކޮށްލެވޭ ޚާއްސަ ސިފައެއްކަމަށް ވެސް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މެހެމާންދާރީއަކީ ދިވެހިންގެ ތަބީޢީ ސިފައެއް ކަމަށާއި އެކަމާ ވާދަކުރެވޭނެ އެހެން ބަޔަކު ނެތް ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!