ދީނީ ކަންކަމުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެއްބަސްނުވެނެނީ ކީއްވެތަ: ރީކޯ މޫސަ

ދީނީ ކަންކަމުގައި މި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެއްބަސްނުވެނެނީ ކީއްވެތޯ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސުވާލު ކުރައްވައިފިއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ޔޯގާ ޢާންމުވަމުންދާތީ ދީނީ ޢިލްމުވެރިންގެ ރައުޔު ހާމަ ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ޔޯގާގެ ޙުކުމާ ގުޅޭ ގޮތުން ވާހަކަދައްކަވައި ޓުވީޓު ކުރައްވަމުންނެވެ.
މޫސަ މިއަދު ވަނީ ކީރިތިޤުރުއާނާއި, މާތް ރަސޫލާގެ ސުންނަތާއި, ތާބިޢީންގެ ސައްޙަ ބަސްފުޅުތަކުން ވާރިދުވެފައިވާ ދަލީލުތަކަށް މި ރާއްޖޭގެ ދީނީ ޢިލްމުވެރި އެންމެނަށް އެއްބަސްނުވެނެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އޭގެ އިތުރުން ސުންނަތް ޖަމާޢަތުގެ އިމާމުންގެ މެދުގައި ދީނުގެ ކަންކަމާމެދު އެއްބަސްވެ ޢަމަލުކުރާ ޝަރުޢީ އުސޫލުތަކަށް ޢިލްމުވެރިންނަށް އެއްބަސްނުވެނެނީ ކީއްވެތޯ ވެސް މޫސަ ސުވާލު ކުރެއްވިއެވެ.
މޫސަ މިހެން ވިދާޅުވި ނަމަވެސް ޔޯގާގެ ޙުކުމަކީ ޙަރާމްކަމެއްކަމަށް ރާއްޖޭގެ ހުރިހާ ޢިލްމުވެރިން ވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ.







ކޮމެންޓް