ޚަބަރު ސިޔާސީ

ޝައިޚް ޢަބްދުﷲ, މަހްލޫފަށް: އަނެކުންގެ ބަސްތައް ''ޓޮލަރޭޓު ކުރަން'' ދަސްވަންދެން ހިމޭނުން ހުންނަވާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިއީ 80 ގެ އަހަރު ތަކެއް ނޫން ކަމަށާއި އަނެކުންގެ ބަސްތައް ''ޓޮލަރޭޓު ކުރަން'' ތަރުބިއްޔަތު ލިބި, ދަސްވަންދެން ހިމޭނުން ހުންނެވުމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

Ads by Hajj Corporation

މަހްލޫފު މިއަދު ވަނީ ޕީޕީއެމްއާއި, ޢަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް ކަމަށާއި ދައްކާނީ ސިޔާސީ ވާހަކަ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ޝައިޚް ޢަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވަނީ މަދަނީ ޖަމްޢިއްޔާ ތަކުގެ ބެލެނިވެރިޔަކަށް މިހާރު އޮންނަނީ މިނިސްޓްރީ އޮފް ޔޫތު ކަމަށާއި އަދި މަހްލޫފަކީ މިނިސްޓަރު ކަމަށްވީއިރު ސަލަފަކީ ސިޔާސީ ޕާޓީއެއް ނޫންކަމެއް ހަމަ ނޭނގުނީތޯއާއި ނޫނީ ގަސްތުގައި ދައްކާ ވާހަކައަކީތޯ ސުވާލު ކުރައްވައިފައެވެ.

ޝައިޚް ވިދާޅުވީ މަހްލޫފުގެ ވާހަކައިން ދޭހަވަނީ ސިޔާސީ ޕާޓީތަކުން ރަނގަޅަށް އެއްވެސް ވާހަކައެއް ނުދައްކާނެކަން ކަމަށެވެ.

''އެހެންކަމަށްވީއިރު މަނިކުފާނަކީ ވެސް ޕާޓީތަކުގައި އުޅުއްވަމުންދާ ބޭފުޅެއްކަމުން ސަލަފާމެދު ތިޔަ ވިދާޅުވީ ވެސް ސިޔާސީ ބޭނުމެއްގައި ވިދާޅުވި މަކަރުވެރި ބަހަކަށް ނުވާނެތޯއެވެ؟''

މީގެ އިތުރުން ޝައިޚް ވަނީ ޑިމޮކްރަސީގެ ފޭނަކަށްވެ ހުންނަވައި, އެމްނެސްޓީ ބަލައިގަނެފައިވާ ޤައިދީއެއްގެ ލޭބަލް ޖައްސަވައިގެން ވަކި ބަޔަކަށް އެކަނި މެނުވީ ‏ސިޔާސީ ކަންކަމުގައި ބަސްކިޔުން ގޯސްކަމުގައި ހަދައި, އަނެކުންގެ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުށަހޮޅި ގަންނަނީ ކޮން ހަމައަކާ އުސޫލެއްގެ ދަށުންތޯ ވެސް މަހްލޫފާ ސުވާލު ކުރައްވައިފައެވެ.

''މަނިކުފާނަށާއި މަނިކުފާނުގެ ޕާޓީ މީހުންނަށް އެ މީހުންނަށް ނޭނގޭ ދާއިރާތަކުގައި އެއްޗެހި ބުނުމުގެ ޙައްޤު އޮވެފައި, ދީނީ ޢިލްމުވެރީން, ‏އެ އުރެން ކިޔަވައިގެން ތިބި ދާއިރާގެ ތެރެއިން އެއްޗެއް ބުނުމުގެ ޙައްޤު މަނިކުފާނު އަރިހުގައި ހަމަ ނޯންނަނީތޯއެވެ.'' ޝައިޚް ސުވާލު ކުރެއްވިއެވެ.

ޝައިޚް ވިދާޅުވީ މިހާރު މިއީ 80 ގެ އަހަރު ތަކެއް ނޫން ކަމަށެވެ. އެހެންކަމުން އަނެކުންގެ ބަސްތައް ޓޮލަރޭޓު ކުރަން ތަރުބިއްޔަތު ލިބި, ދަސްވަންދެން ހިމޭނުން ހުންނެވުމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހާލިދު

    މާބޮޑަށ ފެންމަތިވެގަނެގެނ އުޅ ލުއްޗާއެއ ތިޔ މަހުލޫފަކީ

  2. ނިއަކް

    ބަލަ ބުނައިވަސްލަނޑާ މުޑުދާރު ނަޖިސް އަބުލޯ ފުރަތަމަ ހަޖަމު ރަނގަޅުކޮށްހިމޭންވާން ދަސްކޮށްބަލަ.. ވައިމަތިން ހުރަސް ނުކުރެވެއޭ.. އަދިވެސް ދީނޭ ދީނޭ ކިޔާ ހަޅޭ ފަޅޭ ޖަހާތި