ޙަރާމް ހަލާލް ކިޔައިގެން ރައްޔިތުން ގުނބޯ ހެއްދުނު ޒަމާން ހިނގައްޖެ: ޢަލީ ރަމީޒު

ޙަރާމް ހަލާލް ކިޔައިގެން ރައްޔިތުން ގުނބޯ ހައްދައި އޮޅުވައިލެވުނު ޒަމާން ފާއިތުވެގެން ހިނގައްޖެކަމަށް ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިއަދު ވިދާޅުވީ ޙަރާމް ހަލާލް ކިޔައިގެން ރައްޔިތުން ގުނބޯ ހައްދައި އޮޅުވައިލެވުނު ޒަމާން ފާއިތުވެގެން ހިނގައްޖެ ކަމަށާއި, ޢިލްމުވެރިންނާއި ޢިލްމުގެ އެންމެހައި ވަސީލަތްތަކެއް މިއަދު ވަނީ ﷲ ގެ ރަޙްމަތުން އަތްފޯރާ ފަށުގައި ކަމަށެވެ.
ޢަލީ ރަމީޒު ވިދާޅުވީ ޙަރާމް ރާއްޖޭގެ އެކިއެކި ރަށްތަކަށް ޒިޔާރަތްކޮށްލުމުން ދީނީ ހޭލުންތެރިކަން އައިސްފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.
''ރާއްޖޭގެ އެކިއެކި ރަށްތަކަށް ޒިޔާރަތްކޮށްލުމުން ދީނީ ހޭލުންތެރިކަން އައިސްފައި އޮތް މިންވަރު ހާމަވޭ. ފިރިހެން ބޭފުޅުންނަށާއި އަންހެން ބޭފުޅުންނަށް އައިސްފައިވާ ބަދަލު, އަލްޙަމްދުލިއްލާހި. ދީނޭ ދީނޭ ކިޔައިގެން ދިވެހި ރައްޔިތުންނަށް ދެން އޮޅުވައެއް ނުލެވޭނެ. އިންޝާﷲ.'' ދީނީ ޕްރޮގްރާމުތައް ބޭއްވުމަށް ސަލަފުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަމުން ގެންދަވާ ޢަލީ ރަމީޒް ވިދާޅުވިއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ޔޯގާއަކީ ޙަރާމްކަމެއް ކަމަށް ރާއްޖޭގެ އެތައް ޢިލްމުވެރިއަކު ވިދާޅުވެފައިވާއިރު, ޔޯގާއަކީ ހުއްދަކަމެއްކަމަށް ބައެއް ސިޔާސީ ލީޑަރުން ވިދާޅުވަމުންދާ ވަގުތެއްގައެވެ.






ކޮމެންޓް