ޚަބަރު ސިޔާސީ

ރަށްރަށުގައި ރާ ވިއްކަންޖެހޭކަމަށް ގޮވައިލި ޝިޔާން ބޭނުންވަނީ ތޮއްޑޫގައި ގަދަޔަށް ޔޯގާ ''ހިންގާލަން''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޙަސަން ޝިޔާން. ފޮޓޯ: ރާއްޖެއެމްވީ

އއ.ތޮއްޑޫގައި ޔޯގާ ސެންޓަރެއް ރަސްމީކޮށް ހުޅުވިތާ ފަސް އަހަރުވަނީ ކަމަށާއި އަދިވެސް ބޭނުންވަނީ އެ ރަށުގައި އެކަން ފުޅާކުރަންކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާން މިހެން ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުވެފައި ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަން ބަލައިގަންނަން ދަތިކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ރިޕްލައިކުރައްވަމުންނެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ޝިޔާން ވިދާޅުވީ ތޮއްޑޫގައި ރެގިއުލާކޮށް މަހަކު ދެ ފަހަރު ރަޝިޔާގެ 50 މީހުން އައިސް ޔޯގާ ހަދާތާ 04 އަހަރުވެއްޖެ ކަމަށެވެ. އަދި އެއީ ބުދު ދީނުގެ ކަމެއްވެގެން އެކަމާ ކަންބޮޑުވެގެން އުޅޭ ބަޔަކު އެތާކު ނޫޅޭކަމަށް ޝިޔާން ވިދާޅުވިއެވެ. ޝިޔާން ވިދާޅުވީ ޔޯގާ ފަތުރުވެރިން އިތުރަށް ވެސް ބޭނުން ކަމަށެވެ.

''އއ.ތޮއްޑޫގަ ލޯކަލް ޓޫރިޒަމް ޔޯގާ ސެންޓަރެއް ރަސްމީކޮށް ހިންގާތާ 05 އަހަރު މި ވަނީ. އަދިވެސް މިތާކު އެ މީހުން ބުދުދީނުގެ ވާހަކައެއް ނުދައްކާ. ތޮއްޑުއަށް ޔޯގާ ފަތުރުވެރިން އަދިވެސް ބޭނުން.'' ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުރުން ބައެއް މިނިސްޓަރުންނަށް ޓެގްކުރައްވައި ޝިޔާން ކުރެއްވި ޓުވީޓުގައިވެއެވެ.

ޔޯގާއަކީ ޙަރާމް އެއްޗެއްކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރުނު ފަތުވާގައި ވެސް ޔޯގާއަކީ ހުއްދަ އެއްޗެއް ނޫންކަމަށް ބުނެފައިވެއެވެ.

ތޮއްޑޫގައި ޔޯގާ ''ހިންގައިލަން'' ޝިޔާން ބޭނުންވެވަޑައިގަންނަވާއިރު 2020 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކޭނެ މަގެއް ފަހިކުރަން ވަކާލާތު ވެސް ކުރައްވާފައެވެ. އެކަމާ ގުޅިގެން އޭނާއަށް އޭރު ވަަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.

Ads by Ooredoo
  1. ހުސެއިން

    މިކަހަލުގެ ތަންދޮރުނުދަންނަށް ގަޅިން ހޮވާތީ މިގައުމުގެ ހާލަތު މިހާގޯހީ!!!