ނަމަނަމަ ލިވާތު ކުރި އެންމެން އެއް ގޮޅިއަކަށް ނުލާތި: ޢަލީ ރަމީޒް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހުން އެއް ގޮޅިއަކަށް ނުލުމަށް ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް މިރޭ ވިދާޅުވެއްޖެއެވެ.
ބަންގުލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުގައި މިއަދު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދާއި އިތުރު މީހަކު ހައްޔަރުކޮށްފައެވެ.
އެ ގޮތުން ޢަލީ ރަމީޒް ވިދާޅުވީ ''ނަމަނަމަ ލިވާތު ކުރި އެންމެން އެއް ގޮޅިއަކަށް ނުލާތި'' މިހެންނެވެ.
ޢަލީ ރަމީޒް ކުރިން ވިދާޅުވެފައިވަނީ ލިވާތު ކުރާ މީހުންނަކީ މުޅި ދުނިޔެއަށް ހުރި ބަލާ އާފާތެއް ކަމަށެވެ.
ފުުލުހުން މިހާރު ވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން އޮޕަރޭޝަނެއް ވެސް ފަށާފައެވެ.







ކޮމެންޓް