ޚަބަރު

ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް، ކުރިޔަށް ދަނީ އެ ފަރާތްތަކުގެ މަޝްވަރާގެ މަތިން: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތު މެނޭޖް ކުރަމުން ދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށާއި އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަމުގެ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކަށް އައިއެމްއެފާއި ވޯލްޑް ބޭންކުން ތާއީދު ކުރުމަކީ ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުން 2023-2025 އަށް އެކުލަވައިލާ ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައިވެސް ފާހަގަކުރަން. 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެ. އަދި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ.

އަަމީރު ވިދާޅުވިގޮތުގައި ސަރުކާރުން އިގްތިސާދީ ކަންކަން ރަނގަޅު ކުރުމުގައި އަބަދުވެސް އައިއެމްއެފާއި ވޯލްޑް ބޭންކްގެ ލަފާ ހޯދާ ކަމަށެވެ. ކޮވިޑްގެ ހާލަތުގައި ވެސް އިގްތިސާދު ހަމަޔަކަށް އަޅުވަން ސަރުކާރުން އެޅި ފިޔަވާޅުތަކަށް އެ އިދާރަތަކުގެ ތާއީދު ލިބުނު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.

Ads by Ooredoo
  1. ނާޅި

    ދުނިޔޭގެ ތިޔަބުނާ މާލީ އިދާރާތަކަކީ ރިބާގެ މުޢާމަލާތްކުރާ ތަންތަން މިޤައުމު ދަރަނިވެރިވަނީ ތިޔަ ރިބާ ލޯނުތަކުގެ ސަބަބުން، ދަރަނީގެ ބޮޑުބައި އެއީ މުޅިންވެސް ރިބާ، އެއިގެ ބަޔެއް އަމީރަށް ވެސް ލިބޭތީތާ ތިޔަފަދަ ވާހަކަ ދައްކަނީ !

  2. ރިބާ ލޯންގެ ދަރަނި ބޯމަތިވެގެން އެނުދެއްކިގެން ރައްޔިތުންގެ ޖީބު ފެލާވާހަކަ އަބަދު މިދައްކަނީ !