ޗައިނާގެ އިންޒާރަށް އެމެރިކާއިން ނުސިހުނު: ޕެެލޯސީ ޓައިވާނަށް

ޓައިވާނަށް ވަޑައި ނުގަތުމަށް ޗައިނާ އިން އަންގާފައިވަނިކޮށް އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ މިރޭ ޓައިނާއަށް ވަޑައިގެންފިއެވެ.
ޕެލޯސީ މިރޭ ޓައިވާނަށް ވަޑައިގެންފައިވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް އެމަކަނާ ކުރައްވާ ދަތުރުގެ ތެރެއިންނެވެ. ދަތުރަށް ފެއްޓެވުމުގެ ކުރިން މަންޒިލްތައް އާންމުކުރައްވައި ކުރެއްވި ޓްވީޓްގައި ޓައިވާންގެ ނަމެއް ނެތެވެ. ވަޑައިގަންނަވާނެ ކަމަށް އޮތީ ސިންގަޕޫރާއި މެލޭޝިއާ، ދެކުނު ކޮރެއް އަދި ޖަޕާންއެވެ.
ނަމަވެސް ޓައިނާވާނަށް ވަޑައިގެން އެ ޤައުމުގައި އެކަމަނާ ހުންނެވި ކަމަށާއި އެމެރިކާއިން އަބަދުވެސް ޑިމޮކްރަސީއަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޕެލޯސީ އަކީ ފާއިތުވި 25 އަހަރުތެރޭ ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.
ޕެލޯސީގެ މި ދަތުރުފުޅުގައި ޓައިވާންގެ ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.