Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

2023 ގައި ރައްޔިތުން މި ވެރިކަން ނިންމާނެކަމުގެ ޔަޤީންކަން އެބައޮތް: ޠާރިޤް

2023 ގައި ރައްޔިތުން މި ވެރިކަން ނިންމާނެކަމުގެ ޔަޤީންކަން އެބައޮތް: ޠާރިޤް

2023 ގައި ރައްޔިތުން މި ވެރިކަން ނިންމާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ޙުކުމް ކުރުމާ ގުޅިގެންނެވެ.

ޠާރިޤް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މި ވީ, އައު ޤާނޫނުއަސާސީގެ ދަށުން ދީނީ ޢިލްމުވެރިން ހައްޔަރުކޮށް, ''ސޯސްލައި ތުނބުޅި ބާލުވާ'' ހަމައެކަނި ރައީސަށް ކަމަށެވެ. އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން މި ވީ އެކަން ކުރުވި ފުރަތަމަ ހޯމް މިނިސްޓަރަށް ކަމަށް ވެސް ޠާރިޤް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޠާރިޤް ވިދާޅުވީ މިފަދަ ކަންކަން މިހެން ހުރިއިރު 2023 ގައި ރައްޔިތުން މި ވެރިކަން ނިންމާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު ޙުކުމް ކުރީ އެ ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޔޯގާ ހަރަކާތާ ގުޅިގެން ޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ދައުލަތުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް