Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މުދައްރިސުން ވާންޖެހޭނީ ދަރިވަރުންގެ މައުސޫމުކަމާއި އިއްފަތް ރައްކާތެރިކުރާ ބަޔަކަށް: މިނިސްޓަރު

މުދައްރިސުން ވާންޖެހޭނީ ދަރިވަރުންގެ މައުސޫމުކަމާއި އިއްފަތް ރައްކާތެރިކުރާ ބަޔަކަށް: މިނިސްޓަރު

މުދައްރިސުން ވާންޖެހޭނީ ދަރިވަރުންގެ މައުސޫމުކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި މިނިސްޓަރު ވިދާޅުވީ މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމަށާއި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާކަމެއް މަސައްކަތެއް ކަމަށެވެ.

އެހެންކަމުން މުދައްރިސުން ވާންޖެހޭނީ ޢަމަލުތަކުގައި އިޚްލާސްތެރި, ހަރަކާތްތަކުން ދަރިވަރުންނަށް ނަމޫނާ ދައްކާ, ދަރިވަރުންގެ މައުސޫމުކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ދަރިވަރުންނާ މުޚާޠަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބުވަނީ ހަމައެކަނި ކިޔެވުމަށް މޮޅުވެގެން ނޫން ކަމަށެވެ. އެ ގޮތުން އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ހުނަރާއި ޤާބިލުކަމުގެ ގޮތުން ތަފާތު ކުދިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އަމާޒަށް ވާސިލުުމަށް ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ކިބައިގައިހުރި ހުނަރާއި ޤާބިލުކަން ދެނެގަންނަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް