Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޝައިޚް ނިޝާން ފްރޭމްކުރަނީ އިންޑިއާ ރުއްސަން: ރުކުމާ

ޝައިޚް ނިޝާން ފްރޭމްކުރަނީ އިންޑިއާ ރުއްސަން: ރުކުމާ

އައްޝައިޚް އާދަމް ނިޝާން ފްރޭމްކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ރުއްސަންކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ޝައިޚް ނިޝާން ހައްޔަރުކުރީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރިކަމުގެ ތުހުމަތުގައި މިދިޔަ ޖޫންމަހުގެ 22 ގައެވެ.

ރުކުމާ ވިދާޅުވީ ޝައިޚް ނިޝާން ފްރޭމްކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ރުއްސަންކަމަށެވެ. އަދި ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ވާގިވެރިވަނީ ދިވެހި ފުލުހުންނާއި ދިވެހި ޝަރުއީ ނިޒާމު ކަމަށާއި އެއީ ހަމަ ޣައްދާރުންކަމަށް ރުކުމާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

''އިންޑިއާ ރުއްސަން ޝައިޚް އާދަމް ނިޝާން ފްރޭމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ވާގިވެރިވަނީ ދިވެހި ފުލުހުންނާއި ދިވެހި ޝަރުއީ ނިޒާމެވެ. ހަމަ ދިވެހި ލޭ ހިނގާ ޣައްދާރު ދިވެހިންނެވެ.''

ޝައިޚް ނިޝާން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މި މަހުގެ ހަތަރުވަނަ ދުވަހު ޙުކުމް ކުރީ އެ ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ ގޮތުން އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން މިހާރު ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް