Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ކާފަރުން މަރުވުމުން ހިތާމަކުރައްވާ ރައީސް ޞާލިޙް, ޝިއާގެ މަރާ ގުޅިގެން އެއްވެސް އެއްޗެކޭ ވިދާޅެއްނުވި

ކާފަރުން މަރުވުމުން ހިތާމަކުރައްވާ ރައީސް ޞާލިޙް, ޝިއާގެ މަރާ ގުޅިގެން އެއްވެސް އެއްޗެކޭ ވިދާޅެއްނުވި

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ފާޑު ވިދާޅުވީ ހ.ޝީރީންވިލާގައި މަރާލައިފައި އޮއްވާ ރޭ ފެނުނު ޢުމުރުން 22 އަހަރުގެ މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރާ ގުޅިގެން މިހާތަނަށް ރައީސް ޞާލިޙް އެއްޗެއް ވިދާޅުނުވާތީއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގީ ދިވެހި ތާރީޚުގައި ހިނގާދިޔަ އެންމެ ރަޙުމްކުޑަ މަރުކަން ފާހަގަކުރައްވައި މަލީހް ރޭ ވިދާޅުވީ މަރަށް 24 ގަޑިއިރު ވެގެންދިޔަ އިރު ޤައުމުގެ ރައީސްގެ ކީބޯޑް ހަލާކުވެފައިވާ ކަމަށާއި މިއީ އިންސާނިއްޔަތު ކަން ނެތުން ކަމަށެވެ. އަދި ތައުޒިޔާ ވިދާޅުވެ މަރަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ ދެއްވާ ކަމަށް މަލީހް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން މަޝްހޫރުޤާނޫނީ ވަކީލު އަޙްމަދު ޞިއްދީޤް ވިދާޅުވީ ‏އިންޑިއާގެ ކާފަރަކު މަރުވުމުން ރައީސް ‎ޞާލިޙް ހިތާމަ ފާޅުކުރެއްވިއިރު, އިންޑިއާގެ ހިންދޫއިން މުސްލިމުން ޤަތުލުކުރާ ބީދައިން ދިވެހި ރައްޔިތަކު ޤަތުލުކުރިއިރު ވެސް ކަމެއްވީހެން ވެސް އެ މަނިކުފާނަށް ހިއެއްނުވި ކަމަށެވެ.

''ރައީސް އިބްރާހީމް ބުނާ ކަހަލަ، ތީ ދެން މަށާ ބެހޭ ކަމެއްނޫނޭ.''

ޝިއާގެ މަރާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ތަޙްޤީޤު އަވަސް ކުރުމަށް ގޮވައިލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް