ޚަބަރު ޝަރުޢީ ދާއިރާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ތިން މީހަކު 10 އަހަރަށް ޖަލަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް | ފޮޓޯ/މިހާރު

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ތިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by MWSC

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2015 ވަނަ އަހަރުގައި އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތިން މީހަކަށް ދަޢުވާ އުފުލިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ތިން މީހުންގެ މައްޗަށް ޙުކުމްކޮށްފައެވެ.

އެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން އެ ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އެ ތިން މީހުންކުރެ ކޮންމެ މީހަކު ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 9 އަހަރާއި 10 މަހާއި 15 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!