ޚަބަރު އިޖުތިމާޢީ

އެމެރިކާއިން ރާއްޖެއަށް 99,450 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމެރިކާއިން ދިވެހިރާއްޖެއަށް 99,450 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކުރުން. ފޮޓޯ: ހެލްތު މިނިސްޓްރީ

އެމެރިކާއިން ދިވެހިރާއްޖެއަށް 99,450 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކޮށްފިއެވެ.

Ads by STELCO

އެ ތަކެތި ހަދިޔާކުރި ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމެރިކާއިން ހަދިޔާކުރި 99,450 ޑޯޒް ކޮވިޑް ވެކްސިނުގެތެރޭގައި ހިމެނޭ ދެ ބާވަތަކީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ.

ލައްކައަކާ ގާތަށް އެމެރިކާއިން ރާއްޖެއަށް ކޮވިޑު ވެކްސިން ހަދިޔާކޮށްފައިވާއިރު, މީގެ ދެ މަހެއްހައި ދުވަސް ކުރިން އެ ޤައުމުން 100,620 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާއިން ވަނީ 07 މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައެވެ.

https://twitter.com/MoHmv/status/1556537318290255872?t=yv_FIqSUv5AuUGvk8aCBmA&s=19

ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ހުރި ގޮތަށް ބަލާއިރު މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 106 މީހުންނެވެ. އެއާއެކު ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 184,591 އެވެ. އޭގެތެރެއިން 307 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދަކީ 399,025 އެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 384,787 މީހުންނެވެ. 166,064 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާއިރު ދެވަނަ ބޫސްޓާ ޑޯޒް ޖަހާފައިވަނީ 973 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!