ޚަބަރު ސިޔާސީ

ބޮޑެތި ކުށްތައް ޢާންމުވަނީ ޤާނޫނު ނެތިގެން ނޫން, ނެތީ ވެރިންގެ އިޚުލާސްތެރިކަން: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ބޮޑެތި ކުށްތައް ޢާންމުވަނީ ޤާނޫނު ނެތިގެންނެއް ނޫން ކަމަށާއި, ނެތީ ވެރިންގެ އިޚުލާސްތެރިކަންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެެއެވެ.

Ads by MWSC

ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަޙުޤީޤީ އިދާރާތަކުން ފެށިގެން މުޅި ނިޒާމުވަނީ ކޮރަޕްޓުވެފައި ކަމަށެވެ. އަދި މައްސަލަތަކުގައި ހޯދާ ހެއްކާއި, ހެކި ހޯދާ ގޮތާއި, ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ވެސް ފުރިހަމައެއްނުވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އޮތް ހައްލަކީ ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

''ބޮޑެތި ކުށްތައް ޢާންމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން. ނެތީ ވެރިންގެ އިޚުލާސްތެރިކަން. ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމުވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާއި, ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ. ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން.''

ޝިޔާމް މިފަދައިން ވިދާޅުވިއިރު, އަނިޔާވެރި ގޮތަކަށް ޏ.ފުވައްމުލަކު, ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައާ ގުޅިގެން މަރަށް މަރު ހިފުމުގެ ބަހުސް ވެސް ދަނީ ކުރެވެމުންނެވެ. މަރަށް މަރު ނުހިފެނީ އެކަމަށް ކަނޑައެޅިގެންވާ ޤާނޫނެއް ނެތުމުންކަމަށް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ނަމަވެސް ޤާނޫނުލްޢުޤޫބާތުގެ 1204 މާއްދާއާއި, 1205 މާއްދާގެ ދަށުން މަރަށް މަރު ހިފުމަށް ޤާނޫނުގައި މިހާރު ވެސް ސާފު ބަހުން އޮތީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އެހެނިހެން ބޮޑެތި ޖިނާޢީ ކުށްތަކުގައި ލިބޭނެ އަދަބުތައް ވެސް ސާފު ބަހުން ޤާނޫނުތަކުގައި ވަނީ ބަޔާންކޮށްފައެވެ.

  1. މާނު

    ތިޔާއީ ތެދެއް. ކިތަންމެބޮޑު ރުފިޔާ ގޯންޏެއް ގެއަށް ގެންދިޔަސް އަންހެނުން އިޚްލާޞްތެރިކަމުން ނާހާނެ ވަގަށް ގެނައި އެއްޗެއްތޯ ވެސް؟؟؟