ޚަބަރު ސިޔާސީ

ލިވާތުގެ ވީޑިއޯތައް ޢާންމުކޮށް މިކަން ''އެއްގޯސްކުރަން'' މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެ: ވައްޑެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެންބަރު މުޙައްމަދު ވަޙީދު. ފޮޓޯ: މަޖިލިސް

ޤާނޫނު ހިންގަންވާނީ އެއް ހަމައަކުން ކަމަށާއި, ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

Ads by Sosun Fihaara

ޑރ.ޝަހީމް އިއްޔެ ވިދާޅުވީ ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ބަޔަކު ހައްޔަރުކޮށްފައިވާއިރު ދެން ތިބި މީހުން ތިބީ މުޖުތަމަޢުގައި ދޫކޮށްލާފައި ކަމަށާއި ނޫނީ މަޤާމުތަކުގައި ކަމަށެވެ. އަދި ޤާނޫނު ހިންގަންވާނީ އެންމެންނާމެދު އެއް ހަމައަކުން ކަމަށާއި, ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ ވަރަށް ބޮޑު ތެދުފުޅެއްކަން ފާހަގަކުރައްވައި ވައްޑެ މިއަދު ވިދާޅުވީ ލިވާތުގެ ވީޑިއޯތައް ޢާންމުކޮށް މިކަން ''އެއްގޯސްކުރަން'' މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށާއި އެ މީހުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

''އަދި ހަމަ މިގޮތަށް ރޭވި އިންތިޒާމުވެގެން އެ ކަންކަން ކުރުވައި، ވީޑިއޯކޮށް، އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް، މިލިއަނުން ފައިސާ ނަގައި، މުޅި މުޖުތަމައުގައި އެ ތަކެތި ޢާންމުކޮށް، މިކަން އެއްގޯސްކުރަން މަސައްކަތް ކުރި މީހުން ފޮރުވައިގެން ނުވާނެ.''

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެއްކޮށް ރާއްޖޭގެ 250 މީހަކު ‏އެއް ޖިންސުން ގުޅުން ހިންގިކަމަށް ވަނީ އަޑު ފެތުރިފައެވެ. އެ މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރީ ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި ފުލުހެކެވެ. ލިވާތުގެ މައި ސޯބު އަލަމްގިރި ހައްޔަރުކުރީ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!