ލިވާތު މައްސަލަ: ފުރައިގެންދިޔަ މީހުން ހޯދަނީ
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެތެރެއިން މިހާރު ރާއްޖޭގައި ނެތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަޙްޤީޤުގައި މީހުން އައިޑެންޓިފައިކޮށްފައިވާ ކަމަށާއި ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ މީހުން ހޯދަން ކުރެވެން ހުރި މަސައްކަތްތައް ތަޙްޤީޤުގެތެރެއިން ކުރިއަށްދާ ކަމަށެވެ.
އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް މިދިޔަ ހޯމަ ދުވަހު ފުލުހުން ބުނެފައިވެއެވެ. އެކަމަކު އެއީ ކޮންބައެއް ކަމެއް ހާމައެއް ނުކުރެއެވެ.
ފުލުހުން އިއްޔެ ވިދާޅުވި ގޮތުގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ޢާންމުވި ވީޑިއޯތަކުން މިހާތަނަށް ދެނެގަނެވިފައިވަނީ 38 މީހުންނެވެ.
ބައެއް މީހުން ރާއްޖެއިން ފުރާފައިވާއިރު, ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) ފުރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރާފިޢު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯއެއް ވެސް ވަނީ ޢާންމުވެފައެވެ.
ދައުލަތުން އެމީހުން ފުރުވާލުމާށްފަހު އެމީހުން ގެންނަން އުޅުންތީ. ދައުލަތް ޕެރެލައިސް ވެދައި ވާކަމުގެ ނިޝާނެއް