ޚަބަރު ސިޔާސީ

ފާހިޝް ވީޑިއޯ ފަތުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެ ޤާނޫނެއް އެކުލަވައިލަންޖެހޭ: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން

ފާހިޝް ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ޤާނޫނެއް އެކުލަވައިލަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް ޢަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލަންޖެހޭ ކަމަށެވެ. އަދި އެފަދަ ޤާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާޢީ އަޚްލާޤިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް ބައެއް ދިވެހިން ލިވާތުކުރިކަމަށް ބުނާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ޢާންމުވަމުންނެވެ.

ދާދިފަހުން އިމްރާން ވިދާޅުވެފައިވަނީ މުޑުދާރު ޢަމަލު ހިންގާ މީހުންނާމެދު ޤާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަން އަބަދުވެސް އޭނާ ކަށަވަރުކުރާ ކަމަށެވެ. ނަމަވެސް ޖިނާއީ ޢަދުލުގެ ހިންގުމަކީ އެކަނި ފުލުހުންގެ އަތްމަތީ އޮތްކަމެއް ނޫން ކަމަށާއި, ނިޒާމުގައި ހިމެނޭ އެންމެން މަތިވެރި އިލާހަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

  1. ދިވެހިރާއްޖެ ޔަށްވުރެން ޤާނޫނު ގިނަ ޤައުމެއް އޮންނާނެތޯ ! މިރާއްޖޭގައިވެސް ޤާނޫނު ވަރަށް ގިނަ !