ޚަބަރު

ޖޫރިމަނާ ކުރީ ރަނގަޅަކަށް ނޫން: ތުލުސްދޫ ކައުންސިލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކ. ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އީޕީއޭ އިން އެ އިދާރާ އަށް ފޮނުވި ސިޓީގައި ވަނީ އެ ކައުންސިލުން ހަދާފައިވާ ކުނި މަނޭޖުކުރުމުގެ ގަވާއިދެއްގެ ދަށުން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ގަވާއިދެއް ހަދައި، އެ ކައުންސިލުން އަމަލުނުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

އީޕީއޭއިން އެ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ, ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45،000ރ. އިން ކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ. އެދި އެކަންކޮށްފައިވަނީ, އެ ކައުންސިލުން ކާބޯތަކެތީގެ ޑަސްބިންތައް މޫދަށް އަޅާތީ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަމަލުކުރަމުން އަންނަ ކުނި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފު ކަމެއް ހިނގާ ނަމަ ތަންފީޒީ އިދާރާއަކުން ބަލައި ފާސްކުރަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ރިޕޯޓެއް ހަދައި ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައި އޮތަސް، ޖޫރިމަނާކުރުމުގެ ކުރިން އެ ރިޕޯޓް ލިބިފައި ނުވާ ކަމަށް ތުލުސްދޫ ކައުންސިލުގެ ބަޔާނުގައިވެއެވެ,

އީޕީއޭއިން އަމަލުކުރި ގޮތުން ރަށުގެ ނަން ކިލަބުވެ، ލޯކަލް ޓޫރިޒަމަށް އަސަރުކުރާނެތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ..

Ads by Ooredoo
  1. ޖޫލިއަންޓު

    ކޮންމެސް އެއްޗެކޭ ކިއައިގެން ތުލުސްދޫ ކައުންސިލްގަ ހުރި ފައިސާކޮޅުވެސް އަތުލެވޭތޯ އެ ބަލަނީ، މީދެން ކިހާ ދެރަކަމެއްތަ، އެއ ސވެސް ވަރަކަށް ކުނި މެނޭޖުކުރުމަށް އަޅާލީކީ ނޫން އެއްވެސް އިރުޝާދެއް ދިނީކީނޫން ޚާއްސަކޮށް ފައިސާގެ އެހީތެރިކަމެއް ދެނީކީނޫން އެވަރުގެ ގޮތެއްނެއް ބަޔަކު މިއުޅެނީ އަދި ތުލުސްދޫ ކައުންސިލް ޖޫރިމަނާ ވީކަމަށް ކިއައިގެން ފައިސާކޮޅު އަތުލަނ ވެގެނ.