ޚަބަރު

ކުޅިވަރުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީއަށް އިންޑިއާއިން މަރުޙަބާ ކިޔައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޅިވަރުގެ ދާއިރާގައި ރާއްޖެއިން ހޯދަމުން އަންނަ ކާމިޔާބީއަށް އިންޑިއާގެ ހައިކޮމިޝަނުން މަރުޙަބާ ކިޔައިފިއެވެ.

Ads by MWSC

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީއިން ކުއާޓާ ފައިނަލުން ރާއްޖެ ޖާގަ ހޯދާ, މުބާރާތުގެ ބްރޯންޒް މެޑަލް ހޯދުމުން އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްވަނީ އެ ޓީމަށް މަރުޙަބާ ކިޔައިފައެވެ.

އެ ޓްވީޓްގައި އިތުރަށް ވަނީ އިންޑިއާގެ ކްރިޑިޓް ލައިންގެ ދަށުން ރާއްޖޭގައި އިމާރާތް ކުރަމަށް ނިންމާފައިވާ ނޭޝަނަލް ސެންޓަރ ފޯރ ޓެނިސްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށްދާނެ ކަމުގެ ޔަޤީންކަންދީ, އެކަމުގައި އިންޑިއާއިން އެހީތެރިވެވޭތީ, އުފާ ކުރާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކުޅިވަރުތައް ތަރައްޤީ ކުރުމަށް އިންޑިއާއިން ވަނީ 40 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދީފައެވެ. މީގެ އިތުރުން އިންޑިއާގެ ޓްރައިނިން ސެންޓަރުތަކުގައި ދިވެހި އެލްލީޓުންނަށް ތަމްރީން ކުރުމަށް ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ އިތުރުން ރާއްޖޭގެ 61 ރަށެއްގައި ޖިމްގެ މަސައްކަތާއި އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތް ސެންޓަރެއް ބިނާ ކުރަން ވަނީ ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!