ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ތާއީދު ލިބޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ކޮންގްރެސްއިން އެ ހުށަހެޅުން ފާސްވާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އަދި ރައްޔިތުން ވެސް ބަރުލަމާނީ ގެންނަން ތާއީދު ކުރައްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ގެންނަން ކެބިނެޓްގެ މިނިސްޓަރުންނާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި ޕާޓީގެ ދާއިރާތަކުގެ ގޮފިތަކުގެ ރައީސުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ބަރުލަމާނީ އޭ ކިޔަން މީކާކު.
މީހުން ހައްދާލަންވެސް މިކަލޭގެ ވަރަށް މޮޅުވާނެ…ނަމަނަމަ ނުހެއްލޭތި މިޝައިޠާނުގެ ވަސްވާހަށް.
ވެލާނާގެ އިން ވައްކަން ކުރިކަމަށް ހުކުމްކޮށް އަރުވާލާ ހުކުމް ތަންފިޒުކޮށްފައިވަ ވަގު ނަސީދަށް ތާއީދު ކުރުމެއްނެތް.