Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ބަރުލަމާނީ ގެންނަން ތާއީދު ނުކުރަން, ޤަރާރު އަނބުރާ ގެންދަވާ: ރައީސް

ބަރުލަމާނީ ގެންނަން ތާއީދު ނުކުރަން, ޤަރާރު އަނބުރާ ގެންދަވާ: ރައީސް

ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެެއެވެ.

ރައީސް ޞާލިޙް ރާއްޖެ ޓީވީއަށް މިއަދު ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަށް ވެސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަވަރަށްވުރެ ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި މިއީ ނިޒާމު ކަނޑައަޅަން މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށާއި މި ވަގުތު މުހިންމީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރައީސް ވިދާޅުވި ގޮތުގައި ކޮންގްރެސްްއަށް ނަޝީދު ހުށަހެޅުއްވި ޤަރާރު ފާހެއް ނުވާނެއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވާއިރު, އެ މަނިކުފާނު އިއްޔެ ވިދާޅުވީ ކޮންގްރެސްގެ ތާއީދު އެކަމަށް ލިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް