ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެކަމަށް 100 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ފުއާދު މިއަދު ''ސަން'' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން އީސީއަށް އަންގައިފިނަމަ އެ އަންގާ ދުވަހުން ފެށިގެން އެކަމަށް ތައްޔާރުވާން 60 ދުވަސް ނަގާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ނިޒާމީ ވޯޓަކަށް ތައްޔާރުވާން މިހާރު އީސީގައި ބަޖެޓެއް ނެތް ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓެއް ނަގަން 100 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖެއިން ބޭރުގައާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ޖެހުމާއި ވޯޓު ކަރުދާސް ޕްރިންޓްކުރުންފަދަ ކަންކަމެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ވެސް ހުށަހަޅުއްވާފައެވެ.
ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.
ބަރުލަމާނީ ނިޒާމު ގެންނަވަރަށްވުރެ ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށާއި, މިއީ ނިޒާމު ކަނޑައަޅަން މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށާއި, މި ވަގުތު މުހިންމީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމު ގެނެސްފިނަމަ ރައްޔިތުން ހާލުގައިޖެހޭނެ ކަމަށެވެ.
މި ގައުމުގަ ބަރުަމާނީ ބާއްވަން އުޅޭމީހާ ބަރުލަމާނީ އޮތް ގައުމަކަށް ގޮސް ހުންނަންވީ. މިގައުމަށް ބަރުލަމާނީ ބޭނުމެއްނޫން. 2008 ގަވެރިކަމަށް އައިަސް ނަސީދު ވަނީގައުމަށް ވަރަށް ބޮޑެތި ގެއްލުންދީފަ އެކަން އޭނަ އިސްތިއުފާދޭން ލިއުނު ސިޓީންވެސް އެގެން އެބައޮތް. .28.5 ބިލިއަނަށް ރަރަނި އަރުވާ އަތޮޅާއި ރަށްރަށުގެރައްޔިތުންގެ ފައިސާ ބޭނުންކޮށް ބިދޭސީން ޑިޕޮޒިޓް ބެޏުންކޮށްފަވޭ. ރައްޔިތުންގެ ފައިސާއާއި ބިދޭސީންގެ ޑިޕޮޒިޓަކީ ވެސް ދަވްލަތުންއަބުރާ ދޭންޖެހޭ ދަރަނި . ހަރުމުދާ ވިއްކާފަވޭ ގައުމަށް ބޮޑެތިގެއްލުންދީފަ އިސްތިއުފަދީފަ މިހާރު މިއުޅެނީ ގައުމަށް ލިބޭއާމްދަނީ އޭނާގެ މުށަށްގެނެސް ލާންވެން މި އީ ގައުމުގެ ގައްދާރެއް