Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

2023 ގައި ކޯލިޝަން ހަދަން ރައީސް ޞާލިޙް ޕާޓީތަކާ މަޝްވަރާކުރައްވަނީ

2023 ގައި ކޯލިޝަން ހަދަން ރައީސް ޞާލިޙް ޕާޓީތަކާ މަޝްވަރާކުރައްވަނީ

ރިޔާސީ އިންތިޚާބު އޮތީ މާ ދުރަކު ނޫން ކަމަށާއި އެ މަނިކުފާނާއެކީ މަސައްކަތް ކުރެވޭނީ ކޮން ބަޔަކަށްތޯ ބަލައި އެކަމާ ވާހަކަދައްކަވަމުން ގެންދަވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ރައީސް ޞާލިޙް ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު މި އޮތީ މާ ދުރަކު ނޫން ކަމަށެވެ. އެ ގޮތުން ސިޔާސީ ލީޑަރުންގެ ހަރަކާތްތައް މިހާރު އިތުރުވެއްޖެކަމަށް ވިދާޅުވިއެވެ.

''އެއް ގޮތަކުން ރަނގަޅު ކަމެއް ރާއްޖޭގައި ހުރި މައްސަލަތައް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރުން. އެއީ ހަމަ ރަނގަޅުކަމެއް.''

Advertisement
Allied — Dhen Online (box)

އެހެން ނަމަވެސް އަބަދު ވެސް ބަލަންޖެހޭނީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް މި އޮތް ހަލަބޮލި ދުވަސްތަކުގެތެރޭގައި ހުރިހާ ބޭފުޅުން އެ ވިސްނުމުގައި ކުރިއަށް ވަޑައިގަތުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާއެކީ މަސައްކަތް ކުރެވޭނީ ކޮން ބަޔަކަށްތޯ ބަލައި އެކަމާ ވާހަކަދައްކަވަމުން ގެންދަވާނެކަމަށެވެ.

''އަޅުގަނޑު ވާހަކަ ދައްކަމުން ގެންދާނަން އަޅުގަނޑާ އެކީ މަސައްކަތް ކުރެވޭނީ ކޮން ޕާޓީތަކަކާ އެކުގައިތޯ. ކޮން ބަޔަކާ އެކީގަތޯ ކުރިއަށްދެވޭނީ މިކަން ކުރެވޭނީ. ބަލާފަ އެއާއެކީގަ އަޅުގަނޑު ކުރިއަށްދާނަން.'' ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް