އެކީގައި މަސައްކަތް ނުކުރެވޭ ހިސާބަށްދާކަމަށް ގަބޫލު ކުރެވުނަސް ޒާތީ މަސްލަހަތު އިސްނުކުރޭ: ރައީސް
އެކީގައި މަސައްކަތް ނުކުރެވޭ ހިސާބަށްދާކަމަށް ގަބޫލު ނުކުރެވުނަސް ޒާތީ މަސްލަހަތު އިސްނުކުރުމަށް ރައީސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ 2023 ގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރެވިދާނެކަމަށް ގަބޫލުކުރަންތޯ ރާއްޖެ ޓީވީން ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެ މަނިކުފާނާއެކީ މަސައްކަތް ކުރަން ދަތި ވާހަކަ ނުވަތަ ނުކުރެވޭނެކަން މިހާރު ދެ ފަހަަރަކު ރައީސް ނަޝީދު ހާމަކުރައްވާފައިވާ ކަމަށާއި އެއީ ރައީސް ނަޝީދުގެ ނިންމެވުމެއް ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ ވާހަކަދައްކަންޖެހޭ ކަންތައްތަކުގައި ޒާތީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރަންޖެހޭނެ ކަމަށާއި, ކޮންމެ މީހަކު ވެސް ޚިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށެވެ. އަދި އެކީގައި މަސައްކަތް ނުކުރެވޭ ހިސާބަށްދާކަމަށް ގަބޫލު ނުކުރެވިދާނެ ކަމަށާއި, ނަމަވެސް ޒާތީ މަސްލަހަތު އިސްނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.
''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ކަންތައްތަކުގައި ވާހަކަދައްކަންޖެހޭ ކަންތައްތަކުގަ ޒާތީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރަންޖެހޭނެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ޚިޔާލު ތަފާތުވުންތައް ހުރެދާނެ. އެކީގައި މަސައްކަތް ނުކުރެވޭ ހިސާބަށްދާކަމަށް ގަބޫލު ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އިސްކުރަންވާނީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު.''
ރައީސް ޞާލިޙް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން އެ މަނިކުފާނު ކުރިން ހާމަކޮށްފައިވާނެ ކަމަށާއި ކުރިއަށް މިދަނީ އެކަމާއިގެން ކަމަށެވެ.
ބަރުލަމާނީ ނިޒާމު ރާއްޖެއަށް ނުގެނެވިއްޖެނަމަ ރިޔާސީ ނިޒާމުގެ ދަށުން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާނަންތޯ ކުރި ސުވާލަށް ނަޝީދު ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި 2023 ގައި ރައީސް ޞާލިޙާއެކު މަސައްކަތް ކުރައްވާނަންތޯ ނުވަތަ ނުކުރައްވާނަންތޯ ކުރި ސުވާލަށް ވެސް ނަޝީދު ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ނަޝީދަކީ ތިނެތި ވަކިކުރަން އެންމެ ގަދަޔަށް އަޑު އުފުލިބޭފުޅާ އޭރުގެ ރައީސު އަތުގައި ތިނެތި އޮވެގެން، މިހާރު މިގޮވަނީ އެއާއި އިދިކޮޅަށް ތިނެތި އެއްކޮށްލާ ބަރަވެލި ނިޒާމް ގެންނަން ! ބަރަވެލި ނިޒާމަކީ ކޮރަޕްޓު ހުދުމުހުތާރް ރައްޔިތުން އަޅުވެތި ކުރާ ނިޒާމް !