ޚަބަރު ސިޔާސީ

ރައްޔިތުންގެ ރުޅި އައްޑިހައަށް އަރައިފި: ''އަންނި ބޭނުންހައި ކުޅިއެއް ނުކުޅެވޭނެ''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނަޝީދު. ފޮޓޯ: އަަދަދު

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ރައްޔިތުންގެ ރުޅި ކޮންޓްރޯލުން ނައްޓައި އައްޑިހައަށް އަރައިފިއެވެ.

Ads by Sosun Fihaara

ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުން ފާސްވީ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

2007 ވަނަ އަހަރު ނެގި ވޯޓުގައި ވޯޓުދިނުމުގެ ޙައްޤު 199,841 މީހުންނަށް ލިބިފައިވީއިރު, 155,890 މީހުން ވޯޓުގައި ބައިވެރިވިއެވެ.

ވޯޓުގެ ނަތީޖާ:

ރިޔާސީ ނިޒާމެއް އޮންނަން ފެންނަކަމަށް: 95,619 ވޯޓު (%62.4)

ބަރުލަމާނީ ނިޒާމެއް އޮންނަން ފެންނަކަމަށް: 58,508 ވޯޓު (%37.96)

ބޮޑުވަޒީރުކަން ކުރެއްވުމުގެ ހުވަފެންފުޅު ބައްލަވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްއަށް ޤަރާރެއް ހުށަހަޅުއްވާފައެވެ. އެއީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީކަމަށްވާނަމަ އެ އިސްލާހު ޤާނޫނުއަސާސީއަށް ހުށަހެޅުމަށެވެ. ކޮންގްރެސްއަށް ވަގުތު ކުޑަތަންވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ އޮފީހުގައި ބަރުލަމާނީގެ މަޢުލޫމާތު ދެއްވުމަށް ބައްދަލުވުންތައް ވެސް ބާއްވަވަމުންނެވެ.

މިއަދު ޢާންމުވި ވީޑިއޯއެއްގައި ވަރަށް ރުޅިގަދަވެފައިހުރި ޢާންމު ރައްޔިތަކު ބުނީ މި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު ބޭނުންހައި އެއްޗެއް ނުހެދޭނެކަމަށް ވެސް އޭނާ ބުންޏެވެ.

''ބަރުލަމާނީއެއް ނުގެނެވޭނެ. އަންނި ބޭނުންހައި އެއްޗެއް ނުހެދޭނެ. މީ އަންނިގެ ޤައުމެއްނޫން މީކީ. މީ ދިވެހި ރައްޔިތުންގެ ޤައުމެއް މީ. އަންނި ބޭނުންހައި ކުޅިއެއް ނުކުޅެވޭނެ މިތާކުއެއް'' އޭނާ ބުންޏެވެ.

https://twitter.com/saeedBOKI/status/1559843787454951425?t=pcpF74ht0hQbo67oQ3wkrA&s=19

މީގެ އިތުރުން މި ނޫހާއި ވާހަކަދެއްކި މީހަކު ބުނީ 2007 ގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައި އޮތްއިރު, ވެރިކަން ލިބިވަޑައިނުގަތީމާ ބަރުލަމާނީ ގެންނަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ. އަބަދަކު އަންނި ބޭނުންހައި ގޮތެއް ނުހެދޭނެ ކަމަށާއި ރައްޔިތުން ވަރަށް ކެތް ކޮށްފި ކަމަށެވެ.

ބަރުލަމާނީ ގެންނަން މަސައްކަތް ކުރަނީ ނަޝީދާއި އޭނާ ޖެއްސެވި ބެރަކަށް ނަށްޓަވައި, މިއީ ފަތިހޭ ވިދާޅުވެއްޖެނަމަ އެކަން ވެސް ގަބޫލުކުރައްވާ މަދު ބޭފުޅުން ކޮޅެކެވެ. މެންބަރު ކަމުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުންނަކީ ސިޔާސީ މައިދާނުގައި މާ އަގެއް ހުރި, މާ ކޮލިޓީއެއް ހުރި ބައެއްކަމަށް ގިނަ މީހުން ނުދެކެއެވެ.

ބަރުލަމާނީ ގެންނަން ހަތަރު ވަޒީރަކު ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ބަރުލަމާނީއާ ދެކޮޅު ހައްދަވައިފައެވެ. ރައީސް ޞާލިޙް ވިދާޅުވިހެން ނަޝީދުގެ މަސައްކަތް ކާމިޔާބުވާނެކަމަކަށް ނުބެލެވެއެވެ.

  1. ޢަލީ

    މިއީ އަޅެ މިގައުމަށް ޖެހިފައިއޮތް ކިހާބޮޑު މުސީބާތެއް..މަސްތުވެގެން އޮންނަން ިއިންޑިޔާއަށް ނުވަތަ އިނގިރޭސި ވިލާތަށް ގޮސް އޮވެބަލަ.ލިވާޠު މަންނަ.

  2. އިއްބެ

    ރައީސްނަޟީދުގެއަޚުލާޤީމިންގަނޑުދައްކަމުން މިހާރުދިވެހިރައްޔިތުންވެރިއެއްގެލަޤަބުދޭކަށްބޭނުމެއްނުވެއެވެ ރައްޔިތުން އެރީ80 އަކަށްނޫން100އަށްއަރައިފި

  3. އެންމެ ކޮރަޕްޓު ހުދުމުހުތާރް ޤައުމުތަކަކީ ބަރުލަމާނީ ޤައުމުތަށް، ބަރުލަމާނީ އެއީ ތިންބާރު އެއްކުރާ ނިޒާމް، އެނިޒާމް ކަމުގޮސްގެން ތިންބާރު ވަކިކުރާ ނިޒާމް ގެންނަން އެންމެ ބޮޑަށް އަޑު އުފުލި މީހުން މިއަދު ހަމަ ރައްޔިތުންނަށް އޮޅުވާލަންތާ މިއުޅެނީ މީހަމަ ހޮޅިބައިގަޑެއް !

  4. ބޭބެ

    ކެނެރީގޭ ރާބޯސޮރުއެހުރީ ބޯގޯސް ވެފަކާޅަކަށް ބޯކަށިކެޔޮ ފެއްނަހެން އަވާމެންދުރުގަ
    ﷲއިރާދަފުޅުކުރެއްވިއްޔާ ސިފްޓް ޑިލީޓް ތިޔަވީ!����

  5. ބޯގޯސް

    ތިކަލޭގެއަކީީ އަމިއްލައެދުންް އެންމެބޮޑުމީހާަ އަމިއްލައެދުމެއްހާސިލްކުރަންް ކޮންމެފަދަަ ނުބައިކަމެއްމެއްވެސްް އެއްވެސްބިރަކާނުލާާ ކޮއްލަފާނެެ